ދިވެހިރާއްޖެ
ކެނދިކުޅުދޫ ކައުންސިލަށް ލަފާދޭ ބޯޑުތަކާއި ކޮމެޓީތައް އުފެއްދުމުގެ އުޞޫލު (DIR)286-MP/286/2026/8 ގެ ދަށުން މި ކައުންސިލުގެ 20 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ޤަރާރާއި އެއްގޮތަށް، ކެނދިކުޅުދޫ ޓުއަރިޒަމް ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބޯޑުގެ މެންބަރުންގެ އަދަދަކީ 7 މެންބަރުންނެވެ. މިބޯޑަށް ކުރިމަތިލުމާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައި އެ ވަނީއެވެ.
|
މަޤާމް: |
ބޯޑު މެންބަރު |
|
ބޭނުންވާ އަދަދު: |
7 |
|
މަޤާމުގެ ޝަރުތުތައް: |
|
|
ހުށަހަޅަން ޖެހޭ ލިޔެކިޔުންތަށް |
- ދިވެހި ރައްޔިތެއް އަންގައިދޭ ކާޑުގެ ކޮޕީ (ދުވަސް ހަމަ ނުވާ) - ވަނަ ވަރު ( ސީ.ވީ) - ޓުއަރިޒަމް ދާއިރާގެ ތަމްރީނާއި ތަޖްރިބާ ލިޔުންތަކުގެ ކޮޕީ |
|
އެޕްލިކޭޝަން ހުށަހެޅުމުގެ ސުން ގަޑި |
15 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 |
މި މަޤާމްތަކަށް އެދި ކުރިމަތިލުމަށް [email protected] ގުޅުން ހުރި ލިޔުންތަކާއިއެކު ސުންގަޑީގެ ކުރިން އީ-މެއިލް މެދުވެރިކޮށް ފޮނުވައިދެއްވުން އެދި ދަންނަވަމެވެ. މިކަމާއި ގުޅޭ އިތުރު މަޢޫލޫމާތު ސާފްކުރުމަށް 6560013 އަށް ގުޅުއްވާ މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
26 ރަބީއުލްޢާޚިރް 1448
