ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިއިދާރާގެ ނަންބަރު 316/2016/01 (25 ޖަނަވަރީ 2016) އިޢުލާނުން ދަންނަވާފައިވާ ބ. ކިހާދޫ ސްކޫލުގެ ގޯތިތެރޭގައި 2 ކުލާސްރޫމާއި 1 ސްޓާފްރޫމް ހިމެނޭ ޕްރީސްކޫލް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން މިކަމަށް ކުރިމަތީލާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލައިފީމެވެ.
މިމަސައްކަތާބެހޭ ބީލަންފޮތް، ބަންދު ނޫން ކޮންމެ ދުވަހަކު 8:30 ން 13:30 އަށް ކިހާދޫ ކައުންސިލްގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ. މި މަސައްކަތާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 01 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ މެންދުރުކުރި 11:00 ގައި ކިހާދޫ ކައުންސިލްގެ އިދާރާގައެވެ. މި މަޝްރޫޢުގެ ބިޑު ހުޅުވުން އޮންނާނީ 07 މާރިޗު 2016 ވާ ހޯމަ ދުވަހުގެ މެންދުރުކުރި 11:00 ގައި ކިހާދޫ ކައުންސިލް އިދާރާގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.
- ބ. ކިހާދޫ ޕްރީސްކޫލް އިމާރާތްކުރުމުގެ މަސައްކަތް
- ބީލަން ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު
ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ފުރިހަމަ ނުވާ ބީލަމާއި މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަން ބަލައެއް ނުގަނެވޭނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
14 ޖުމާދަލްއޫލާ 1437