ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުން

 

 

އިޢުލާން

ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުން

2026 އޮކްޓޫބަރު 06 ވަނަ ދުވަހުގެ 17:30 ގައި ގއ. މާމެންދޫ ހައުއްޑޭ ބީޗް ސަރަޙައްދުން ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއް، އާންމު ފަރާތަކުންވަނީ މިކޯޓާއި ޙަވާލުކޮށްފައެވެ. ވީމާ، މިފައިސާތަކުގެ ވެރިފަރާތެއްވާނަމަ، ފައިސާތަކުގެ ސިފަތައް (ނޫޓުގެ ޢަދަދާއި، ފައިސާގެ ޖުމްލަ) ބަޔާންކޮށް މިއަދު، 07 އޮކްޓޫބަރ 2026 ވަނަ ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމަކުން މިކޯޓަށް އެންގެވުން އެދެމެވެ.

 

26 ރަބީއުލްއާޚިރު 1448

07 އޮކްޓޫބަރު 2026

07 އޮކްޓޫބަރު 2026
ހޯދާ