މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކަނޑިފަތް – ބޮޑުއޮޑި" ޕްރޮޖެކްޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

"ކަނޑިފަތް – ބޮޑުއޮޑި" ޕްރޮޖެކްޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް "ކަނޑިފަތް– ބޮޑުއޮޑި" ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

 

ކޯޓޭޝަން ރަޖިސްޓްރީވުން:

ކޯޓޭޝަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 7 އޮކްޓޯބަރު 2026 ވާ ބުދަދުވަހުގެ 13:00ން ފެށިގެން 15 އޮކްޓޯބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ކޯޓޭޝަން ހުށަހެޅުމަށް ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ލިންކް:https://forms.cloud.microsoft/r/PvbDUeFZkB

މަޢުލޫމާތު ދިނުން:

މިމަސައްކަތާއި ގުޅިގެން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އޮންނާނެއެވެ. ކޯޓޭޝަން ހުށަހެޅުމަށް ރަޖިސްޓާރވާ ފަރާތްތަކަށް މައުލޫމާތު ސެޝަން އޮންނާނެ ވަގުތާއި ތަން ހިއްސާ ކުރެވިގެންދާނެއެވެ.

ކޯޓޭޝަން ހުށަހެޅުން:

ކޯޓޭޝަން ހުށަހެޅުން އޮންނާނީ 20 އޮކްޓޯބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ކޯޓޭޝަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ކޯޓޭޝަން، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ކޯޓޭޝަންތައް،އަދި މަޢުލޫމާތާއި ލިޔެކިޔުން ފުރިހަމަނުވާ ކޯޓޭޝަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

ކޯޓޭޝަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 

 

                                26 ރަބިޢުލްއާޚިރު 1448

 

07 އޮކްޓޫބަރު 2026
ހޯދާ