ދިވެހިރާއްޖެ
އިޢުލާން
ކިނބިދޫ ކައުންސިލްގެ ކުޅިވަރު ހަފްތާ 2026
ކިނބިދޫ ކައުންސިލް ކުޅިވަރު ހަފްތާ 2026 ނޮވެމްބަރު 3 ގައި ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި އަހަރުގެ ކުޅިވަރު ހަފްތާ ރޭވުމާއި އިންތިޒާމުކުރުމުގައި އެހީތެރިވުމަށްޓަކައި، ކިނބިދޫ ކައުންސިލުން "ސްޕޯޓްސް ވީކް އިންތިޒާމުކުރާ ކޮމިޓީ" އެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ. މި ކޮމިޓީގައި ހިމެނޭ އާންމުންގެ 6 މެންބަރުން (3 އަންހެނުން އަދި 3 ފިރިހެނުން) ހޮވުމަށްޓަކައި މިވަނީ ފުރުސަތު ހުޅުވާލެވިފައެވެ.
ކޮމިޓީގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 އޮކްޓޫބަރު 11 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ނަން ނޯޓުކުރެއްވުން އެދެމެވެ.
ކޮމިޓީ އެކުލެވިގެންވާ ގޮތާ ގުޅޭ އިތުރު ތަފުސީލު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ލިޔުމުގައި ހިމެނިފައިވާނެއެވެ.
މީގެ އިތުރުން، ކައުންސިލް ސްޕޯޓްސް ވީކް 2026 އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށާއި ސްޕޮންސާ ކުރުމަށް ޝައުގުވެރިވާ އާންމު ފަރުދުންނާއި، ވިޔަފާރިތަކާއި އަދި ޖަމިއްޔާ ޖަމާއަތްތަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ ކޮމިޓީގައި ނަން ނޯޓް ކުރުމަށް، ސްޕޮންސާޝިޕާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ކައުންސިލް އިދާރާގެ ނަންބަރު 6780031 ނުވަތަ ކައުންސިލް ރައީސް މުޙައްމަދު ޝާފިއުއަށް (9199867) އާ ގުޅުއްވުން އެދެމެވެ.
