ދިވެހިރާއްޖެ
ކައުންސިލް ކުޅިވަރު ފެސްޓިވަލް 2026 ގެ ޓްރޮފީތަކާއި ޝީލްޑް ، އަދި މެޑަލްތަށް ޑިޒައިންކޮށް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކައުންސިލް ކުޅިވަރު ފެސްޓިވަލް 2026 ގެ ޓްރޮފީތަކާއި، ޝީލްޑް، އަދި މެޑަލްތަށް ޑިޒައިންކޮށް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މިމަސައްކަތް ކޮއްދެވޭނެ އަގު ހިމަނައި، ކޯޓޭޝަން ހުށަހެޅުއްވުމަށް ހުޅުވާލަމެވެ.
ރަޖިސްޓްރީވުން:
ކޮޓޭޝަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 07 އޮކްޓޯބަރ 2026 ބުދަ ދުވަހުގެ 13:00ން ފެށިގެން 13 އޮކްޓޯބަރ 2026 އަންގާރަ ދުވަހުގެ 13:00 އާއި ދެމެދު އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ލިންކް:https://forms.gle/LL9iq9VUtKceUGEFA
ކޯޓޭޝަން ހުށަހެޅުމާއި ، ކެނޑުން:
|
ތާރީހް: |
ދުވަސް: |
ވަގުތު: |
ތަން: |
|
15 އޮކްޓޯބަރ 2026 |
ބުރާސްފަތި |
13:00 |
ށ.ކަނޑިތީމު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. |
މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ގުޅިގެން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި އަގު ހުށައަޅާ ފޯމް މި އިއުލާނާއެކު އާންމު ކުރެވިފައިވާނެއެވެ. މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ 6540041 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
28 ރަބީޢުލްޢާޙިރް 1448
