މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ފިޝަރީޒް ޓްރެއިނިންގ ފެސިލިޓީ ހިންގަމުންދާ ކ. މަނިޔަފުށީ ޓްރެއިނިންގ އެންޑް ރިސާރޗް ފެސިލިޓީގެ އިމާރާތްތަކާއި، ޖެޓީ އަދި ފާނަކޮށިތައް ޤާއިމުކޮށްފައިވާ ސަރަޙައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އެ ތަނުގެ އޮޕަރޭޝަނަލް ކަންކަން ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި، ސީ.ސީ.ޓީ.ވީ ސާވައިލަންސް ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާތީ، 64 ޗެނަލް ސީ.ސީ.ޓީ.ވީ އެން.ވީ.އާރް ސިސްޓަމެއް، ސަރވޭލަންސް ކެމަރާއާއެކު ފޯރުކޮށްދީ އިންސްޓޯލްކޮށް ދިނުމުގެ މަސައްކަތް

މި މިނިސްޓްރީގެ ފިޝަރީޒް ޓްރެއިނިންގ ފެސިލިޓީ ހިންގަމުންދާ ކ. މަނިޔަފުށީ ޓްރެއިނިންގ އެންޑް ރިސާރޗް ފެސިލިޓީގެ އިމާރާތްތަކާއި، ޖެޓީ އަދި ފާނަކޮށިތައް ޤާއިމުކޮށްފައިވާ ސަރަޙައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އެ ތަނުގެ އޮޕަރޭޝަނަލް ކަންކަން ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި، ސީ.ސީ.ޓީ.ވީ ސާވައިލަންސް ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާތީ، 64 ޗެނަލް ސީ.ސީ.ޓީ.ވީ އެން.ވީ.އާރް ސިސްޓަމެއް، ސަރވޭލަންސް ކެމަރާއާއެކު ފޯރުކޮށްދީ އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ރަޖިސްޓްރޭޝަން ކުރުމާއި، މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ސެޝަނުގައި ބަރިވެރިވެވޭނީ ރަޖިސްޓްރޭޝަން ކުރާ ފަރާތްތަކަށް އެކަނިއެވެ. އަދި، އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސެޝަނުގައި ބަރިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަނިއެވެ.

 

ތާރީޚް އަދި ގަޑި

ތަން

ރަޖިސްޓްރޭޝަން

11 އޮކްޓޫބަރު 2026 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން

[email protected] އަށް 11 އޮކްޓޫބަރު 2026 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން އީމެއިލް ކުރުމަށް

މަޢުލޫމާތު ސާފުކުރުން

(ރަޖިސްޓްރޭޝަން ކުރައްވާ ފަރާތްތަކަށް އެކަނި)

11 އޮކްޓޫބަރު 2026 ވާ އާދިއްތަ ދުވަހުގެ 14:00 އަށް

ކ. މަނިޔަފުށީ

(ފުސްކޯ ލޯންޗް -ފުރާ ތަނާއި ގަޑި، އަދި ފޯނު ނަންބަރު: މާލޭ ދެކުނު ބަނދަރު، 14:00، 9937774)

އަންދާސީ ހިސާބު ހުށަހެޅުން (މަޢުލޫމާތު ސެޝަނުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި)

18 އޮކްޓޫބަރު 2026 ވާ އާދިއްތަ ދުވަހުގެ 11:00 އަށް

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސް (ވެލާނާގެ 7 ވަނަ ފަންގިފިލާ)

 

މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339239, 3322625 އަދި 3339279 ނަންބަރު ފޯނަށެވެ.

07 އޮކްޓޫބަރު 2026
ހޯދާ