ދިވެހިރާއްޖެ
ފެލިދޫ މެޖިސްޓްރޭޓްކޯޓް ޢިމާރާތްކުރާ ބިމުގެ ވަށާފާރު ރޭނުން.
މި ކޯޓުގެ އައު ޢިމާރާތެއް އެޅުމަށްޓަކައި މި ރަށުން ދޫކޮށްފައިވާ ބިމުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މަސައްކަތުގެ މަޢުލޫމާތުޝީޓާއި އެހެނިހެން މަޢުލޫމާތު މި ކޯޓުން ލިބެން ހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ ފޯނުން ނުވަތަ އީމެއިލްގެ ޒަރީޢާއިން 01 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން [email protected] އަށް މެއިލް ކުރެއްވުމުން ނުވަތަ މި ކޯޓުގެ ނަންބަރު: 6700694 އާ ގުޅުއްވުމުން ސާފުކޮށްދެވޭނެއެވެ.
އަދި ތިރީގައިވާ ގޮތުގެ މަތީން އަންދާސީހިސާބު ހުށަހަޅަންވާނެއެވެ.
އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 07 މާރިޗު 2016
އަންދާސީހިސާބު ހުށަހަޅާ ގަޑި: 11:00
އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓް
އެއްފަރާތުން 1 އަންދާސީހިސާބަށްވުރެ ގިނަ އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ.
މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތަކުގައި ހިމަނަންޖެހޭ މައިގަނޑު މަޢުލޫމާތު މި މަސައްކަތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
16 ޖުމާދަލްއޫލާ 1437