|
މަޤާމު
|
އެސިސްޓެންޓް ޑިރެކްޓަރ އޮފް ނާރސިންގ
|
|
ބޭނުންވާ އަދަދު
|
01 އެކެއް
|
|
މަގާމުގެ ނަންބަރު
|
J-420580
|
|
މަޤާމް ގެ ގިންތި
|
ދާއިމީ
|
|
މަޤާމުގެ ރޭންކް
|
ޕީ.އެސް ރޭންކް 8 ސްޓެޕް 1
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ހުޅުމާލެ ހޮސްޕިޓަލް
|
|
މުސާރަ:
|
މަހަކު، 17001.00 ރުފިޔާ
|
|
މަޤާމުގެ އެލެވަންސް:
|
މަހަކު، 9737.00 ރުފިޔާ
|
|
ހާޒިރީ ޢިނާޔަތް:
|
ދުވާލަކު، 264.00 ރުފިޔާ (ރަސްމީ ދުވަސްތަކުގައި ޑިއުޓީ ކުރުމުން)
|
|
އިތުރު އިނާޔަތްތައް
|
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ( 01 މެއި 2023 އިސްލާހާއި އެއްގޮތަށް ) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ބައިނަލްއަޤްވާމީ އުސޫލުތަކާއި ހޮސްޕިޓަލުން އެކަށައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ބަލިމީހުންގެ ރައްކާތެރިކަމާގުޅޭ ފުރިހަމަ ޕްރޮގްރާމެއް އެކުލަވާލައި ބެލެހެއްޓުން.
- ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދު އަދި އެހެނިހެން އުޞޫލުތަކާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމަށް ތާވަލެއް އެކުލަވާލާ އެތާވަލާ އެއްގޮތައް ކަންކަން ކުރުން
- ޞިއްޙީ ފަރުވާއާއި ގުޅިގެން ހުށަހެޅޭ މައްސަލަތަށް ރިވިއު ކުރުމަށް ބޭނުންވާ ސްޓޭންޑާރޑްތަކާ ގައިޑްލައިންތަކާ އެސްއޯޕތައް ކަމާބެހޭ ތަޖުރިބާހުރި ފަންނީމީހުންގެ ލަފަޔާ އިރުޝާދު ހޯދުމަށް ކޮމިޓީތައް އެކުލަވާލާ އެ ކޮމިޓީތަކުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
- ނަރސިންގ ޑިޕާޓްމަންޓްގެ މަސައްކަތްތައް ރާވާ ހިންގާނެ ޕްރޮސީޖަރތައް ލިޔެ އެކަންކަން ކުރިއަށް ގެންދާނެ ގޮތް ކަމާގުޅުންހުރި ޑިޕާޓްމަންޓްތަކަށް އަންގާ އެކަންކަން ރާވާ ބެލެހެއްޓުން.
- އިންޓަރނަލް އޮޑިޓްތަކާއި، ކޮލިޓީ އެސެސްމަންޓްތަކާއި، އަދި ޑިޕާޓްމަންޓުގެ އޮޕަރޭޝަންތައް ހިނގަނީ ޤާއިމުކުރެވިފައިވާ ޕްރޮޓޮކޯލްއާއި އެއްގޮތަށްތޯ ކަށަވަރުކުރުން.
- ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ބަލިމީހުންގެ ހިތްހަމަޖެހުން އިތުރުކުރުމަށްޓަކައި ކަސްޓަމަރުންގެ ފީޑްބެކް އެއްކުރުމާއި، ތަޙުލީލުކުރުމާއި، އެކަމަށް ޖަވާބުދާރީވުމުގެ ނިޒާމުތައް ތަރައްޤީކޮށް ތަންފީޒުކުރުން
7.ފަރުވާ ދިނުމުގައި ދިމާވާ މައްސަލަތައް މަދުކުރުމަށާއި، ބަލިމީހުންނަށް ދިމާވާ މައްސަލަތައް މަދުކޮށް، ހުރިހާ ޑިޕާޓްމަންޓްތަކެއްގައި ރައްކާތެރިކަމާއެކު ފަރުވާ ދިނުމުގެ ސަގާފަތެއް އާލާކުރުމަށް މަސައްކަތްކުރުން.
8. ފަރުވާގެ މާހައުލުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކާއި، ނޭދެވޭ ކަންތައްތަކާއި، ހާދިސާތަކުގެ އަސްލު ސަބަބު ދެނެގަތުމަށް ތަޙްލީލުތައް ކުރުމާއި، މުވައްޒަފުންނަށާއި ވެރިންނަށް ޢަމަލުކުރެވޭނެ ފީޑްބެކް ދިނުން.
9. ބަލިމީހުންގެ ރައްކާތެރިކަމާ ގުޅޭ ޤަވާޢިދުތަކަކާއި، އިރުޝާދުތަކާއި، އެކްރެޑިޓޭޝަންގެ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރެވޭކަން ކަށަވަރުކުރުން.
|
|
މަޤާމުގެ ޝަރުތު
|
މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ސްޕެޝަލިޓި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، ނަރުހުންގެ ދާއިރާގެ ހިންގުމުގެ މަސައްކަތުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ކްލިނިކަލް މަސައްކަތުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
ނުވަތަ:
މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ސްޕެޝަލިޓި ދާއިރާއަކުން ދިވެހިރާއްޖޭގ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، ނަރުހުންގެ ދާއިރާގެ ހިންގުމުގެ މަސައްކަތުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، ކްލިނިކަލް މަސައްކަތުގައި މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
|
|
މަގާމަށް އައްޔަށްންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް:
|
މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވުން
|
|
ގުޅޭ ވަޒީފާގެ ދާއިރާތައް
|
ނާސިންގ
|
|
ތައުލީމީ ރޮނގުތައް
|
- އެކިއުޓް ހެލްތް ކެއަރ ނަރސިންގ
- އެނެސްތީސިއާ ނަރސިންގ
- ކަރޑިއެކް ކެއަރ ނާރސިންގ
- ކޮމިއުނިޓީ ހެލްތް ނަރސިންގ
- ޑައެބިޓީސް ނަރސިންގ
- ޑައިލިސިސް ނަރސިންގ
- އީ. އެން. ޓީ ނަރސިންގ
- ފޮރެންސިކް ނަރސިންގ
- ޖީރިއެޓްރިކްސް / އެލްޑަރލީ ކެއަރ ނަރސިންގ
- އިންފެކްޝަން ޑިސީޒް ނަރސިންގ
- ލީގަލް ނަރސިންގ
- މެންޓަލް ހެލްތް ނަރސިންގ
- މެޓަރނަލް އެންޑް ޗައިލްޑް ހެލްތް ނަރސިންގ
- މިޑްވައިފަރީ ނަރސިންގ
- ނިއޮނޭޓަލް ނަރސިންގ
- ނެފްރޯލޮޖީ ނަރސިންގ
- ނާސިންގ
- ނަރސިންގ އެންޑް މިޑްވައިފަރީ
- ނަރސިންގ ކައުންސެލިންގ
- ނަރސިންގ އެޑިއުކޭޝަން
- ނަރސިންގ އިންފޮރމެޓިކްސް
- ނަރސިންގ މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން
- ނަރސިންގ ރިސަރޗް
- ނިއުޓްރީޝަން ނަރސިންގ
- އޮބްސްޓެޓްރިކްސް ނަރސިންގ
- އޮކިއުޕޭޝަނަލް ހެލްތް ނަރސިންގ
- އޮފްތަލްމިކް ނަރސިންގ
- އޯތޯޕީޑިކްސް ނަރސިންގ
- ޕޭލިއޭޓިވް ކެއަރ ނަރސިންގ
- ޕީޑިއެޓްރިކް ނަރސިންގ
- ސައިކޭޓްރީ ނަރސިންގ
- ރިޕްރޮޑަކްޓިވް ހެލްތް ނަރސިންގ
- ރެސްޕިރޭޓްރީ ނަރސިންގ
- ތިއޭޓަރ ނަރސިންގ
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- މަސައްކަތަށް ބޭނުންވާ މުއްދަތު ހަމަނުވާ ލައިސަންސް އަދި ރެޖިސްޓްރޭޝަން
- (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
- (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
- ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ މިމަޤާމަށް ހޮވިއްޖެނަމަ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން
- ޕޮލިސް ރިޕޯޓް
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ތަޖުރިބާ
- މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ [email protected] އަށެވެ
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.
|
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
އިންޓަރވިއު ޕްރެޒެންޓޭޝަން އާއި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:
|
17 އޮކްޓޯބަރު 2026 އާއި 15 ނޮވެމްބަރު 2026 އާ ދެމެދު، ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މިހޮސްޕިޓަލުގެ ވެބްސައިޓްގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.
|
|
މަޢުލޫމާތު ސާފުކުރުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350118 ނަންބަރު ފޯނަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|
|
މަޢުލޫމާތު ސާފުކުރުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.
|