މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ޤުރުއާން މުބާރާތުގެ ނަން ބަދަލުވުމާއި ގުޅޭ

މި އިދާރާއިން ބޭއްވުމަށް ހަމަޖެހިފައިވާ ހިތާދޫ ކައުންސިލްގެ ޤުރުއާން މުބާރާތް "ހިތްފަހި ހިތާދޫ ޤުރުޢާން މުބާރާތް" މިނަމަށް ބަދަލުކުރެވިފައިވާތީ، އެކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

 މުބާރާތުގެ ނަން ބަދަލުވިކަމުގައިވިޔަސް، މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވާ މުއްދަތާއި ކުރިން ކުރެވިފައިވާ ޢިޢުލާނުގައިވާ އެހެނިހެން ކަންތައްތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ވީމާ، ކުރިން ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމް ހުށަހަޅުއްވަން ނުޖެހޭނެކަމުގައި ދަންނަވަމެވެ.

07 އޮކްޓޫބަރު 2026
ހޯދާ