އިސްދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

`

 

 

އިސްދޫ ސްކޫލް

 ލ. އިސްދޫ، ދިވެހިރާއްޖެ

                                 ނަންބަރު:GS186/2026/IUL/11

އިޢުލާނު

 

މަޤާމު:

ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-459784

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 5 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިސްދޫ ސްކޫލް، ލ. އިސްދޫ

މުސާރަ:

/-9,495 ރުފިޔާ

ސަރވިސް އެލަވަންސް:

-/2,850 ރުފިޔާ

އެހެނިހެން އެލަވަންސް:

ހާޒިރީ އިނާޔަތް:ހާޒިރުވާ ދުވަހަކަށް /75ރުފިޔާ

ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

ދަޢުލަތުގެ ޕޭ ޕްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ    ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލަށް ގަންނަން ބޭނުންވާ ތަކެތީގެ ކޯޓޭޝަން ހޯދައި ތަކެތި ގަތުމަށް ބޭނުންވާ ޕީ.އޯ ހޯދުން، ސްކޫލްގެ ސްޓޮކަށް ގެންނަ ތަކެއްޗާއި ހަވާލުވުމާއި ސްޓޮކުން މުދާދޫކުރުން، ސްޓޮކަށްވެއްދޭ މުދަލާއި ސްޓޮކުން ދޫކުރެވޭ މުދަލުގެ ރެކޯޑް ބެލެހެއްޓުން.
  2. ރިކުއަރމެންޓް މަސައްކަތް ކުރުން
  3. މުވައްޒަފުންގެ އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް ހަމަޖެއްސުމަށްޓަކައި އެންމެހާ ލިޔެކިޔުން ތައްޔާރުކޮށް ފޮނުވުން.
  4. މުވައްޒަފުންގެ އެޕްރައިޒަލްތައް އަހަރުނިމުމުން ވިއުގާއިން ނިންމާފައިވާކަން ކަށަވަރުކުރުން.
  5. ބަޖެޓް ތައްޔާރުކުރުމާއި މާލީ ހިސާބުތައް ބެލެހެއްޓުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
  6. ބިދޭސީ މުވައްޒަފުންގެ ރެކޯޑްތައް ކޮންމެ އަހަރެއްގައި ވިއުގާއިން އަދާހަމަކުރުން.
  7. ސިޓީ/މެސެޖް ފަދަ ލިޔުންތައް ތައްޔާރުކުރުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  8. ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށާއި ސްކޫލުގެ ޚިދުމަތްތައް ތަރައްޤީކުރުމަށްޓަކައި ސްކޫލުގެ އެކިއެކި ޑިޕާޓްމަންޓްތަކާ ގުޅިގެން މަސައްކަތްކުރުން.
  9. ސެކުރިޓީ، ބިޑް، އަދި އެސްޓިމޭޓު މަސައްކަތްތައް އިއުލާން ކުރުން.
  10. ދަރިވަރުންގެ ރެކޯޑްތަކާއި ފައިލްތައް ބެލެހެއްޓުމާއި، އެ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓެމުންދާކަން ކަށަވަރުކުރުމާއި، އެ ތަކެތި ބެލެހެއްޓުމުގައި ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާތުތައް ފުރިހަމަ ކުރުން.
  11. އެޗް އާރު ސެކްޝަނުގެ މަސައްކަތަށް ބޭނުންވާ ފޮތްތަކާއި ފައިލްތައް ތައްޔާރުކުރުން އަދި ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެކައުންޓިންގ  

އެކައުންޓިންގ އެންޑް ފައިނޭންސް  

އެޑްމިނިސްޓްރޭޝަން  

އޮޑިޓިންގ  

ބިޒްނަސް  

ބިޒްނަސް އެޑްމިނިސްޓްރޭޝަން  

ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ  

ބިޒްނަސް މެނޭޖްމަންޓް  

ކޮމާރސް  

ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވަރކިންގ  

ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ  

ކޮމްޕިއުޓަރ ޕްރޮގްރާމިންގ  

ކޮމްޕިއުޓަރ ސައިންސް  

ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ  

ކޮމްޕިއުޓިންގ  

ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ  

އެޑިޔުކޭޝަނަލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް  

ފައިނޭންސް  

ފައިނޭންޝަލް މެނޭޖްމަންޓް  

ފައިނޭންޝަލް ޕްލޭނިންގ  

ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން  

ހިޔުމަން ރިސޯސް މެނޭޖްމަންޓް  

އިންފޮމޭޝަން ޓެކްނޮލޮޖީ  

އިންޓަރނަލް އޮޑިޓިންގ  

އިންވެންޓްރީ މެނޭޖްމަންޓް  

އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް  

އިސްލާމިކް ފައިނޭންސް  

ލޮޖިސްޓިކްސް މެނޭޖްމަންޓް  

މެނޭޖްމަންޓް  

ނެޓްވަރކިންގ  

އޮޕަރޭޝަންސް މެނޭޖްމަންޓް  

ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް  

ޕްރޮކިއުމަންޓް މެނޭޖްމަންޓް  

ޕްރޮގްރާމިންގ  

ޕްރޮޖެކްޓް މެނޭޖްމަންޓް  

ޕަބްލިކް އެޑްމިނިސްޓްރޭޝަން  

ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  

ޕަބްލިކް ފައިނޭންސް  

ޕަބްލިކް މެނޭޖްމަންޓް  

ޕާޗޭސިންގް  

ކުއަންޓިޓީ ސަރވެއިންގ  

ސްކޫލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް  

ސްކޫލް މެނޭޖްމަންޓް  

ސްކޫލް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން  

ސޮފްޓްވެއަރ އިންޖިނިއަރިންގ  

ސަޕްލައި ޗެއިން މެނޭޖްމަންޓް  

ސިސްޓަމް އެޑްމިނިސްޓްރޭޝަން  

ވެބް ޑިވެލޮޕްމަންޓް 

 

ޕްރިފަރޑް ޑިސިޕްލިން:

ނެތް

މަޤާމަށް ކޯ ޑިސިޕްލިން:

ނެތް

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.
  2. http://www.csc.gov.mv/dv/downloads/15151
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  7. (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  8. (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  9. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

10. (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

11. (ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

12. (ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

13. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

14. (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު"

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުތު ހަމަވުމުން (% 30)
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (% 5)
  • ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު   (%5 )
  • އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ ( %5 )
  • އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (% 20)
  • ·           އިންޓަރވިއު (% 35)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އިސްދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ،   15 ސެޕްޓެމްބަރ 2026 އާއި 22 ސެޕްޓެމްބަރ 2026 އާ ދެމެދު، އިސްދޫ ސްކޫލުގައެވެ.

މި މަޤާމަށް ޝަރުތު ފުރިހަމަވެ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އިމްތިޙާން އޮންނާނެއެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800562 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

07 ސެޕްޓެމްބަރ 2026

07 އޮކްޓޫބަރު 2026
ހޯދާ