މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބ . ދޮންފަނުން ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލަށް ރައްޔިތުންގެ ޚިޔާލު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
ބ. ދޮންފަނުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް އެކުލަވާލާފައިވާ އުޞޫލަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރެވުނު ނަންބަރު : (IUL)317/317/2026/49 އާ ހަވާލާދީ ދަންނަވަމެވެ. ދެންނެވުނު އިޢުލާނުގައި ޚިޔާލުހުށަހެޅުމަށް ދެވިފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދި ގިނަފަރާތްތަކަކުން އެދެމުންދާތީ ވީހާވެސް ގިނަފަރާތްތަކަކަށް ޚިޔާލުހުށަހެޅުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަށްޓަކައި ދެންނެވުނު އުސޫލަށް ޚިޔާލުހުށަހެޅުމުގެ މުއްދަތު 11 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 އަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ޚިޔާލު ހުށަހަޅާ ފޯމް ލިންކް : https://forms.cloud.microsoft/r/vmruEWWnVd
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
07 އޮކްޓޫބަރު 2026
ހޯދާ
