ދިވެހިރާއްޖެ
އިޢުލާން
އަލިފާނުގެ ޙާދިޘާތަކުން ރައްކާތެރިވުމުގެ ގޮތުން އެކުލަވާލެވިފައިވާ ގައިޑްލައިން ޢާއްމުކުރުން
ނުރައްކާތެރި އަލިފާނުގެ ޙާދިޘާތަކުން ރައްކާތެރިވުމުގެ ގޮތުންނާއި،އެފަދަ ޙާދިޘާއެއް ހިނގުމުން ލިބިދާނޭ ގެއްލުންތައް ކުޑަކޮށް،އެތަނެއްގައި ދިރިއުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވެން ހުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް،އެކުލަވާލެވިފައިވާ ގައިޑްލައިނެއް މި އިޢުލާނާއެކު ވަނީ ޢާއްމު ކުރެވިފައެވެ. މި ގައިޑްލައިނަކީ މިރަށުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުން އެއާ އެއްގޮތަށް ޢަމަލުކުރުމަށް އެކުލަވާލެވިފައިވާ ގައިޑްލައިނެކެވެ.
ވީމާ، މި ގައިޑްލައިނާ އެއްގޮތަށް ޢަމަލު ކުރުމަށް މި ރަށުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކަށް އަންގައި އިލްތިމާސް ކުރަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
26 ރަބީޢުލްއާޚިރު 1448
07 އޮކްޓޯބަރު 2026
އިބްރާހީމް ޢުޘްމާން
ކައުންސިލްގެ ރައީސް
