ދިވެހިރާއްޖެ
ގދ. މަޑަވެލި ރަށުގެ އެކިތަންތަނުންނާއި އަދި ގޭބީސީތާކާއި ވިޔަފާރިކުރާ ތަންތަނާއި،ހޮޓާރެސްޓޯރެންޓްތަކާއި ކޮންސްޓްރެކްޝަން ސައިޓް ، ސަރުކާރުގެ އޮފީސްތަކާއި، އެހެނިހެން ތަންތަނުން އުފައްދާ ކުނި އެތަންތަނުން ނަގައިގެން ކައުންސިލްގެ ވެހިކަލް ތަކުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަށް ގެންގޮސް ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަށް 13އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 13:00 އަށް، މިއިދާރާގެ އީ-މެއިލް: [email protected] އަށް އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅަންވާނީ، މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ، 'އަގުހުށަހަޅާ ފޯމު' ންނެވެ. އަގުހުށަހަޅާ ފޯމާއިއެކު، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، ޖީއެސްޓީ ދައްކާ ފަރާތެއްނަމަ، ޖީއެސްޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.
މިއިދާރާގެ 'އަގުހުށަހަޅާ ފޯމު' ނުހިމަނައި ހުށަހަޅާ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތަކާއި އަދި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް، އަގުތައް އިވެލުއޭޓް ކުރުމުގެ ތެރެއިން ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
