ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ފަހައިދީ، ވިއްކައިދޭނެ ފަރާތެއް ބޭނުންވެއްޖެ

ހަނިމާދޫ ސްކޫލް                        

ހދ. ހަނިމާދޫ، ދިވެހިރާއްޖެ

 

ނަންބަރ: GS60(B)/2026/24

 

ބީލަން ހުށައެޅުމުގެ ދަޢުވަތު

އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދިނުމާއި ގުޅޭ

  1. 2027 ވަނަ އަހަރުން ފެށިގެން މިސްކޫލްގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ އެކްޓިވިޓީ ޔުނީފޯމް 2 އަހަރު ދުވަހަށް ތައްޔާރުކޮށް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ޒިންމާދާރުކަމާއެކު ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށައެޅޭނެ ފަރާތްތަކުގެ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2026 އޮކްޓޫބަރު 06 އިން 2026 އޮކްޓޫބަރު 12 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށައެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
  4. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2026 އޮކްޓޫބަރު 18 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  5. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ 10:30 ގައިހަނިމާދޫ ސްކޫލު އޮފީހުގެ ރިސެޕްޝަން ގައެވެ. 
  6. މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
  7. މި ޕްރޮޖެކްޓް ތަކާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ހަނިމާދޫ ސްކޫލް

އޯކިޑްމަގު، ހަނިމާދޫ، ދިވެހިރާއްޖެ.

ފޯން: 6520533

އީ-މެއިލް: [email protected]

ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:

https://docs.google.com/forms/d/19aQjxWIyR_oZyNgdn5th4sBEpo7Wi3iUeHT_7i3HHWY/preview                

                   20 ރަބީޢުލްއާޚިރު 1448                   

                  06 އޮކްޓޫބަރު 2026                                                   

 

06 އޮކްޓޫބަރު 2026
ހޯދާ