ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ކައުންސެލަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ކައުންސެލަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ: -/5610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

ސަރވިސް އެލަވަންސް: -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އިތުރުގަޑީގެ ފައިސާ: މި މަޤާމުގައި އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އޮތް އޮފީސް: ކުނަހަންދު ސްކޫލް 

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ކުނަހަންދޫ ސްކޫލު (އިދާރީ ބައި)                     

މަޤާމުގެ ޝަރުޠު: ސިވިލް ސަރވިސްގެ ޤަވާއިދުގައިވާގޮތުގެމަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

އަސާސީ ޝަރުޠު:

1- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހަސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހަސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- ކައުންސެލިންގ ޕްރޮގްރާމުތައް ރޭވުމާއި، އެ ޕްރޮގްރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑުތަކެއް ބެލެހެއްޓުން.

2- ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާއި، ކައުންސެލިންގެ ފޮލޯއަޕް ހެދުން.

3- ދަރިވަރުންގެ ނަފްސާނީ، ޖިސްމާނީ، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުންނަށް ހުށަހަޅާ ކަންތައް ބަލައި، އެކަންކަމުގައި އެފަދަ ކުދިންނާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން.

4- ނަފްސާނީ ދުޅަހެޔޮކަމުން ބޭނުންވާ މަޢުލޫމާތު ހޯދައި، އެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުވައިދިނުން.

5- ސްކޫލުގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި، ޙަފުލާތަކަށް މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަންދިނުން.

6. މަސައްކަތްތަކުގައި ބައިވެރިވެ، އެކަމަށް ސްކޫލުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

7- މީގެ އިތުރުން، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ކުނަހަންދޫ ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތައްކުރުން.

އިތުރުގަޑީގެ ފައިސާ:

 މި މަޤާމުގައ އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ، ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށްޓަކައި އިންޓަވިއުކޮށްގެން.

އިންޓަވިއު ކުރަން ކަނޑައެޅިފައިވާ މުއްދަތާއި ތަން:

ހ. މި މަޤާމަށް މީހަކު ހޮވަން ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ސްކޫލުގެ އޮފީހުން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައި)
  • ސަރުކާރު ވަޒީފާއެއްގައި ހުރި މުވައްޒަފަކު މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ، ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 މާރިޗު 2 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއެކު، މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތައް، މި ސްކޫލަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ.

އިތުރު މަޢޫލޫމާތު:

- މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ކުނަހަންދޫ ސްކޫލުގެ 6800744 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

12 ޖުމާދަލްއޫލާ 1437

21 ފެބުރުވަރީ 2016
ހޯދާ