ޗިލްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އެގްޒެކެޓިވް އެސިސްޓެންޓް

މަގާމު:

އެގްޒެކެޓިވް އެސިސްޓެންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާގެ ބޭނުން:

ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުގައި ހިމެނޭ މަސްއޫލިއްޔަތުތައް ފުރިހަމަ ގޮތުގައި ރާވާ ހިންގުމަށްޓަކައި ބޭނުންވާ އިދާރީ ކަންތައް ރާވާ ހިންގުން.

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

MS1

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ޗިލްރަޑްންސް އޮމްބަޑްސްޕަރސަންގެ އޮފީސް

ވަޒީފާއަދާކުރަންޖެހޭސެކްޝަން:

ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް/ އޮމްބަޑްސްޕަރސަންސް ބިއުރޯ އެންޑް ލީގަލް ސެކްޝަން

މުސާރަ:

-/9,483ރ

އެހެނިހެން އެލްވަންސްތައް:

ސާރވިސް އެލަވަންސް -/3,500ރ

ލިވިންގ އެލަވަންސް -/3,000ރ

ފޯނު އެލަވަންސް -/250ރ

ރޯދަމަހުގެ އިނާޔަތާއި އިތުރު ގަޑީގެ އެލަވަންސް

މަޤާމުގެ ޝަރުތު: 

 

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން؛ ނުވަތަ

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް

އެޑްމިނިސްޓްރޭޝަން

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް

ޕަބްލިކް މެނޭޖްމަންޓް

މެނޭޖްމަންޓް

ބިޒްނަސް

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ބިޒްނަސް އެންޑް އޮފީސް އެޑްމިނިސްޓްރޭޝަން

މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:

 

  1. މަސައްކަތްކުރުމުގައި ވަކި ފަރާތަކަށް ބުރަނުވެ، ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކަންތައްތައް ޒިންމާދާރު ކަމާއެކު ނިންމުމުގެ ގާބިލުކަން ހުރުން.
  2. މީހުންނާއި ރަނގަޅަށް، މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު މުޢާމަލާތުކުރުން؛
  3. ސިއްރު ހިފެހެއްޓުން؛
  4. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމާއި ދަތުރުފަތުރު ކުރުން؛
  5. އަމިއްލަ އިސްނެގުމުގެ ދަށުން ކުރާ މަސައްކަތުގެ ފެންވަރު މަތިކުރުން؛
  6. މި އޮފީހާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުން؛
  7. ދާއިރާއާ ގުޅުންހުރި މަޢުލޫމާތު އަމިއްލަ އިސްނެގުމުގެ ދަށުން ހޯދައި ބަލައި މަޢުލޫމާތު މުއްސަނދިކުރުން؛
  8. މައިކްރޯސޮފްޓް އޮފީސް ގެ ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން؛

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އަރިހަށް ގެންދަންޖެހޭ އެންމެހާ ލިޔެކިޔުންތައް އެންޓަރ ކުރުމާއި، ޗިލްރަންސް އޮމްބަޑްސްޕަރސަންގެ ލަފާފުޅާއެކު ޖަވާބުދާރީ ވާންޖެހޭ ލިޔުންތަކަށް ޖަވާބުދާރީ ވުމާއި އަދި ތަކެތި ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދު ކުރުމާއި ލިޔެކިއުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން؛
  2. ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އެޕޮއިންޓްމަންޓްތައް ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހާ އިންތިޒާމްތައް ހަމަޖައްސާ ބެލެހެއްޓުން؛
  3. ޗިލްރަންސް އޮމްބަޑްސްޕަރސަން ބައިވެރިވެ ވަޑައިގަންނަވާ ބައްދަލުވުންތަކާއި ނިއުސް ކޮންފަރެސްތައް އިންތިޒާމުކުރުމަށް ކުރަންޖެހޭ އެންމަހައި ކަންތައްތައް ހަމަޖެއްސުމާއި ބޭނުންވާ ލިޔެކިޔުން/ ޕްރެޒެންޓޭޝަން ފަދަ ތަކެތި ތައްޔާރުކުރުމާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން؛
  4. ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ސީނިއަރ މެނޭޖްމަންޓްގެ ބައްދަލުވުންތައް ގަވާއިދުން ބޭއްވުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކުރުމާއި، ބައްދަލުވުންތަކުގެ ނިންމުންތައް ޑިޕާޓްމަންޓްތަކާ ހިއްސާކުރުމާއި، ނިންމުންތަކަށް ޢަމަލުކުރެވޭ މިންވަރު ބަލައި ޗިލްރަންސް އޮމްބަޑްސްޕަރސަންއަށް ރިޕޯޓްކުރުން؛
  5. ޗިލްރަންސް އޮމްބަޑްސްޕަރސަންގެ ކޮޓަރިކޮޅަށް ބޭނުންވާ ތަކެތި ހަމަކޮށް ބެލެހެއްޓުން؛
  6. ޗިލްރަންސް އޮމްބަޑްސްޕަރސަން ބައިވެރިވެ ވަޑައިގަންނަވަންޖެހޭ ޓީވީ/ރޭޑިއޯގެ ޕްރޮގްރާމް ތަކާއި ފޯރަމްތައް ކަމާގުޅޭ ސެކްޝަންތަކާއި ގުޅިގެން އިންތިޒާމުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި ބޭނުންވާ ލިޔެކިޔުން/ ޕްރެޒެންޓޭޝަން ފަދަ ތަކެތި ތައްޔާރުކުރުން؛
  7. ޗިލްރަންސް އޮމްބަޑްސްޕަރސަން ކުރައްވާ ދަތުރުފުޅުތަކާއި ގުޅިގެން (ރާއްޖޭގެ އެކިކަންކޮޅުތަކަށާއި ރާއްޖެއިން ބޭރަށް) ކުރަންޖެހޭ އެންމެހާ ކަންތައްތައް ކަމާގުޅޭ ސެކްޝަންތަކާއި ގުޅިގެން ރާވާ އިންތިޒާމުކޮށް ބެލެހެއްޓުމާއި ދަތުރަށް ބޭނުންވާ ލިޔެކިޔުން/ ޕްރެޒެންޓޭޝަން ފަދަ ތަކެތި ތައްޔާރުކުރުން؛
  8. ޗިލްރަންސް އޮމްބަޑްސްޕަރސަންގެ މަސައްކަތްޕުޅުތައް ބެލެހެއްޓުމުގައި، ޒިންމާދާރުވުމާއި، ސިއްރު ހިފެހެއްޓުމާއި އެކު މަސައްކަތްތައް ބެލެހެއްޓުން؛
  9. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިބޭ ލިޔެކިޔުންތައް ގަވާއިދުން އެންޓްރީކޮށް، އެތަކެތި ލިބެންވީ ފަރާތްތަކަށް ޙަވާލުކުރުމާއި މިލިޔެކިޔުންތައް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުމާއި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން އެކި ފަރާތްތަކަށް ފޮނުވާ ސިޓީއާއި އެހެނިހެން ލިޔެކިޔުންތަކުގެ ރިކޯޑު ބެލެހެއްޓުން؛
  10. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އަހަރީ ރިޕޯޓް ދެވިފައިވާ ސުންގަޑީއަށް ތައްޔާރުކޮށް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުމާއި މިކަމާ ގުޅިގެން ތައްޔާރުކުރަންޖެހޭ ޕްރެޒެންޓޭޝަން ތައްޔާރުކުރުން؛
  11. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ފާހަގަކުރާ ދުވަސްތަކާ ގުޅިގެން ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ދެއްވާ ޚިޠާބުތައް ތައްޔާރުކުރުން؛
  12. މީގެ އިތުރުން، އޮފީހުގެ މަސައްކަތާ ގުޅޭގޮތުން ކުރުމަށް ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ތަޢުލީމާ ތަމްރީން (%25)
  2. މަސައްކަތުގެ ތަޖުރިބާ (%25)
  3. އިންޓަވިއު (%50)

ނޯޓު: މިވަޒީފާއަށް ޤާބިލު ފަރާތެއް ކަމުގައި ބެލޭނީ މަތީގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާގައި ހިމެނޭ ބައިތަކުން ކޮންމެ ބަޔަކަށްވެސް ކަނޑައެޅިފައިވާ މާކްސްގެ %40 އަށްވުރެ މަތިން ލިބޭނަމައެވެ. އަދި ހަމަ އެއާއެކު ކްރައިޓީރިއާގައި ހިމެނޭބައިތަކުން ހުރިހާ ބައެއްގެ ޖުމްލަ %65 އަށްވުރެ މަތިން މާކްސް ލިބޭނަމައެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް /އަމިއްލަ ކުންފުނި ނުވަތަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  5. މަސައްކަތުގެ ދާއިރާއިން ހަދާފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  7. ތަޖުރިބާގެ މުއްދަތު ހާމަކޮށްދިނުމުގެ ގޮތުން ހުށަހަޅާ ލިޔުމުގައި އަދާކުރި މަގާމާ މަގާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި ވަޒީފާ މުއްދަތު ބަޔާންކުރުން.
  8. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 13 އޮކްޓޫބަރު 2026ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި[email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު މެއިލް ކުރައްވާއިރު ތިރީގައިވާ އޯޑަރުން އެއް ފައިލްއަކަށް ސްކޭންކުރުމަށްފަހު ފޮނުއްވުމަށް ދަންނަވަމެވެ.

  • އެޕްލިކޭޝަން ފޯމު
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
  • ސީ.ވީ.
  • ތަޢުލީމާއި ތަމްރީނާ ގުޅޭ ސެޓްފިކެޓްތަކާއި ލިޔުންތައް
  • ތަޖުރިބާއާގުޅޭ ލިޔުންތައް

ނޯޓް:

  • މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމް މި އިއުލާނާ އެކު އެއް ކަރުދާސް ކުރެވިފައިވާނެއެވެ.
  • މަޤާމުގެ ޝަރުތު ހަމަނުވާ ފޯމްތަކާއި ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވާ ފޯމްތައް ބާތިލް ކުރެވޭނެއެވެ.
  • އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު/އިމްތިހާން ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު/އިމްތިހާން އޮންނާނީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގައެވެ.
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވައިރު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެނައުން އެދެމެވެ.
  • މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، މިއޮފީހުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.
  • އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 7960440 ނަންބަރާ ގުޅުއްވުން އެދެމެވެ.
06 އޮކްޓޫބަރު 2026
ހޯދާ