ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމުގެގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލުން

އިޢުލާން
ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމުގެގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލުން

ބައިނަލް އަގުވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގއ.ނިލަންދޫ ރައްޔިތުންނަށް އަމާޒުކޮށްގެން ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމަށް މިކައުންސިލުން ބޭނުންވެއެވެ.
ވީމާ، މިމައުރަޒުގައި ބައިވެރިވެ، ހުށަހެޅުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 2026 އޮކްޓޯބަރ 11 ވާ އާދީއްތަ ދުވަހު 14:00 ގެ ކުރިން މިއިދާރާގައި ނަން ނޯޓު ކުރެއްވުން އެދެމެވެ. މިމައުރަޒުގައި ބައިވެރިވުމަށް ނަން ނޯޓް ކުރެއްވުމަށް މިއިދާރާގެ ނަމްބަރ 4000012 ފޯނަށް ގުޅުއްވުން އެދެމެވެ. މިކަމާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދަރާގެ އ.ކައުންސިލް އޮފިސަރ މައުޒު އާދަމް ، މޯބައިލް ނަމްބަރ 9700207 އާއި ގުޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މިމައުރަޒުން 01 ވަނަ ހޯދާ ފަރާތަށް -/2000 ރުފިޔާގެ ފައިސާގެ އިނާމް، 2 ވަނަ ހޯދާ ފަރާތަކަށް -/1500 ރުފިޔާގެ ފައިސާގެ އިނާމް އަދި 3 ވަނަ ހޯދާ ފަރާތަކަށް -/1000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

24 ރަބީއުލްޢާޚިރު 1448
06 އޮކްޓޯބަރ 2026

06 އޮކްޓޫބަރު 2026
ހޯދާ