އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ކަޕް ފިރިހެނުންގެ ވޮލީ ބޯޅަ މުބާރާތް ސްޕޮންސަރ ކުރާނެ ފަރާތްތައް ހޯދުން

އިޢުލާން

ކައުންސިލް ކަޕް ފިރިހެނުންގެ ވޮލީ ބޯޅަ މުބާރާތް ސްޕޮންސަރ ކުރާނެ ފަރާތްތައް ހޯދުން

            

              މިހިނގާ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ކައުންސިލްކަޕް މެންސް ވޮލީބޯލް ޓޯރނަމެންޓް 2026" ގެ ޓައިޓްލް ސްޕޮންސަރ ކުރާނެ ފަރާތަކާއި ކޯ ސްޕޮންސަރުން ހޯދަން ބޭނުވެއެވެ. މިގޮތުން ޓައިޓްލް ސްޕޮންސަރ ކުރާ ފަރާތަކުން މިކަމަށް އެދި ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 35،000ރ. (ތިރީސް ފަސްހާސް ރުފިޔާ) އެވެ. އަދި އެއްފަރާތަށް ވުރެ ގިނަ ފަރާތްތަކުން ޓައިޓްލް ސްޕޮންސަރ ކުރުމަށް އެދި ހުށަހަޅައިފިނަމަ، ބިޑު ކާމިޔާބު ކުރާ ފަރާތެއް ކަނޑައަޅާނީ، އަގު ހުށަހެޅުމަށް އިތުރު ފުރުޞަތެއް ދިނުމަށްފަހު އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތެކެވެ. މިގޮތުން ބިޑު ކާމިޔާބު ކުރާ ފަރާތެއްގެ ނަން، މުބާރާތުގެ ނަމުގެ ކުރިއަށް ގެނެވޭނެއެވެ. އަދި އެ ފަރާތެއްގެ ލޯގޯ ހިމެނޭ ބެނާ ހަދައި މުބާރާތުގައި ކައުންސިލްގެ ލޯގޯ އާއެކު ބޭނުން ކުރެވޭނެއެވެ.

                މުބާރާތުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ސްޕޮންސަރ ކުރުމަށް 2000 ރުފިޔާ ދައްކަވަން ޖެހޭނެއެވެ. މިގޮތުން ބައިވެރިވާ ކޮންމެ ކޯ ސްޕޮންސަރ އަކަށް ވަކި ބެނާ އެއް ވޮލީ ކޯޓުގައި ހަރުކޮށްފައި ބެހެއްޓޭނެއެވެ. އަދި ހުރިހާ ސްޕޮންސަރުންގެ ލޯގޯ ހިމެނޭ ބޮޑު ބެނާއެއްވެސް ވޮލީ ކޯޓުގައި ބެހެއްޓޭނެއެވެ.

                  ވީމާ، މި މުބާރާތް ސްޕޮންސަރ ކުރުމަށް ބޭނުންވާ ފަރާތްތަކުން ސްޕޮންސަރ ކުރުމަށް އެދޭ ފޯރމް ފުރިހަމަ ކުރުމަށްފަހު، 12 އޮކްޓޯބަރު 2026 ގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުން އެދެމެވެ.

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

                 25 ރަބީޢުލްއާޚިރު 1448

                 06 އޮކްޓޯބަރު   2026 

    

                                                        އިބްރާހީމް ޢުޘްމާން

                                                       ކައުންސިލްގެ ރައީސް

 

 

06 އޮކްޓޫބަރު 2026
ހޯދާ