ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންޕްލާންޓް ދެކުނުން ބޮޑުމަގަށް އަރާގޮތައް ހުރި ރުއްގަހުގެ ނީލަން

އިޢުލާން

 

މިރަށުގައި ފެންޕްލާންޓްގެ ދެކުނު ބޮޑުމަގުން ކަނޑާފައިވާ ރުއްތަކުގެ ތަކެތި ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ.

 

ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި 

 

ނީލަން އޮންނަ ދުވަސް:

06 އޮކްޓޫބަރު 2026  

ގަޑި:

މެންދުރު 13:45  

ނީލަން އޮންނަ ތަން:

ފެންޕްލާންޓް ދެކުނު ބޮޑުމަގު

 

ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް

ޢަދަދު

ބާވަތް

ނީލަން ފެށޭއަގު

3

ފަން ފުންފުނިތައް  ( ފަންފުއްޏެއް )

ނީލަމުން އަންނަފަރާތުން އަގު ކަނޑައެޅުން

3

ރުއް ( ރުކެއް )

ނީލަމުން އަންނަފަރާތުން އަގު ކަނޑައެޅުން

2

ކުރުނބާ ފުނި (ކުރުނބާ ފުއްޏެއް)

ނީލަމުން އަންނަފަރާތުން އަގު ކަނޑައެޅުން

 

 

 

މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 2026 އޮކްޓޫބަރު 06 ވަނަ ދުވަހުގެ 14:30 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާގެ އެކައުންޓް 7714700413001(1286 ރެވެނިއު 1) އަށް  ފައިސާ ޖަމާކުރަން ޖެހޭނެއެވެ. ފައިސާ ޖަމާނުކުރާ ފަރާތްތަކުން ނީލަމުންނެންގެވި ތަކެތި އެހިސާބުން ބާތިލު ކުރެވޭނެއެވެ. ނީލަމުން ނެގި ތަކެތި ގެންދެވޭނީ ނީލަން ފުރިހަމަ ކުރިކަމުގެ ލިޔުން ކައުންސިލުން ދިނުމުންނެވެ.

ނީލަން ފުރިހަމަ ކުރައްވާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި 2026 އޮކްޓޫބަރު 07 ވަނަ ދުވަހުގެ 18:00 ގެ ކުރިން ގެންދަވަންވާނެއެވެ. އެވަގުތުގެ ތެރޭގައި ނުގެންދަވާ ތަކެތި އެފަރާތުން ބޭނުންނެތީ ކަމުގައި ބަލައި، އެ ތަކެއްޗާމެދު ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 އޮކްޓޫބަރު 2026
ހޯދާ