ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ބުރުނީ އ.ތ.މ ކޮމިޓީގެ ލޯގޯ ފަރުމާކުރުމާގުޅޭ

ބުރުނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ލޯގޯ ފަރުމާކުރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: (IUL)382-CA/382/2026/38 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ލިޔުންތަށް ފުރިހަމަކޮށް ހުށަހަޅާފައިނުވާތީ، އިޢުލާން ބާތިލްކޮށް މިކޮމިޓީއިން ފޯރުކޮށްދޭ މައުލޫމާތު ކަރުދާހާއި އެއްގޮތަށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

              ވީމާ -/3000ރ (ތިންހާސް ރުފިޔާ) ރުފިޔާއަށްވުރެ ކުޑައަގެއްގައި މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ލޯގޯ ފަރުމާކޮށް 25 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެކުރިން ތިރީގައި މިދަންނަވާ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. ލޯގޯއާއި އެކު ހުށަހަޅަން ޖެހޭ ލިޔުންތައް މަޢުލޫމާތު ޝީޓުގައި ހިމެނިފައި ވާނެއެވެ.

  • ލިޔުންތައް ފޮނުއްވާނީ [email protected]  މެއިލްއަށް
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780038

                    މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                     25 ރަބީޢުލްއާޚިރް 1448

       06 އޮކްޓޫބަރު 2026  

06 އޮކްޓޫބަރު 2026
ހޯދާ