ދިވެހިރާއްޖެ
އިޢުލާން
ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން:
2016 ވަނަ އަހަރުގެ މޭ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސިވިލް ސަރވިސްއަށް ވަނުމަށްދެވޭ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން 2016 ފެބުރުވަރީ 28 ވަނަ ދުވަހުން ފެށިގެން 2016 މާރިޗު 10 ވަނަ ދުވަހުގެ ނިޔަލަށް މި ޑިޕާޓްމަންޓުންނާއި އިމްތިޙާނު ބާއްވާ ސެންޓަރުތަކުގައި ކުރިއަށް ގެންދާނެއެވެ. ސެންޓަރުތަކުން ބައިވެރިވާ ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާނީ މި މުއްދަތުގައި އެ ސެންޓަރަކަށެވެ. މޭ މަހުގެ އިމްތިޙާނު ބޭއްވޭނީ:
- ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް / ކ. މާލެ
- ހއ. އަތޮޅު މަދަރުސާ / ހއ. ހޯރަފުށި
- ޖަލާލުއްދީން ސްކޫލް / ހދ. ކުޅުދުއްފުށި
- ފުނަދޫ ސްކޫލް / ށ. ފުނަދޫ
- ނ. އަތޮޅު މަދަރުސާ / ނ. މަނަދޫ
- ރ. އަތޮޅު ތަޢުލީމީ މަރުކަޒު / ރ. މީދޫ
- ބ. އަތޮޅު ތަޢުލީމީ މަރުކަޒު / ބ. އޭދަފުށި
- މަދްރަސަތުލް އިފްތިތާޙް / ޅ. ނައިފަރު
- އުކުޅަހު ސްކޫލް / އއ. އުކުޅަސް
- އދ. އަތޮޅު ތަޢުލީމީ މަރުކަޒު / އދ. މަހިބަދޫ
- ކެޔޮދޫ ސްކޫލް / ވ. ކެޔޮދޫ
- މ. އަތޮޅު ތަޢުލީމީ މަރުކަޒު / މ. މުލި
- ފ. އަތޮޅު ތަޢުލީމީ މަރުކަޒު / ފ. ނިލަންދޫ
- ދ. އަތޮޅު ތަޢުލީމީ މަރުކަޒު / ދ. ކުޑަހުވަދޫ
- ތ. އަތޮޅު މަދަރުސާ / ތ. ގުރައިދޫ
- ޙަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލް / ލ. ގަން
- ގއ. އަތޮޅު ތަޢުލީމީ މަރުކަޒު / ގއ. ވިލިނގިލި
- ގދ. އަތޮޅު ތަޢުލީމީ މަރުކަޒު / ގދ. ތިނަދޫ
- ޏ. އަތޮޅު ތަޢުލީމީ މަރުކަޒު / ނ. ފުވައްމުލައް
- އައްޑޫ ހައި ސްކޫލް / ސ. ހިތަދޫ
ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 ން 13:30 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.
15 ޖުމާދަލްއޫލާ 1437