ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
އެކަޑަމިކް ސްޕަވައިޒަރުން ހޯދުމަށް

އިޢުލާން

ފުވައްމުލަކުގައި ހިންގާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕަށް އެކަޑަމިކް ސްޕަވައިޒަރުން ހޯދަން ބޭނުންވެގެން ކުރި ނަންބަރު: (IUL)160-A/1/2016/30 (24 ފެބުރުވަރީ 2016) އިޢުލާނުގެ މަޤާމުގެ ބޭނުންވާ އަދަދަށާއި، ޝަރުޠަށް ބަދަލުގެނައުމަށް ބޭނުންވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.

ބޭނުންވާ އަދަދު:   2   

ޝަރުޠު:       ޓީޗިންގ ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުމާއެކު، ސްކޫލެއް ހިންގުމުގެ ދާއިރާއިން 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މުސާރަ:       މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/100 ރުފިޔާ

މުއްދަތު:     

ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރިމެންޓް ކުރެވޭނީ 6 މަސްދުވަހުގެ މުއްދަތަށެވެ.

6 މަސްދުވަސް ހަމަވުމުން ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 18 މަސްދުވަހަށް އިތުރުކުރެވިދާނެއެވެ.

ވީމާ، މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2016 މާރިޗު 03 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން ލިބިވަޑައިގެންފައިވާ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު މި މަރުކަޒަށް ސިޓީފޮނުއްވުން އެދެމެވެ.

15 ޖުމާދަލްއާޚިރާ 1437

24 ފެބުރުވަރީ 2016
ހޯދާ