ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ މަތީ ސާނަވީ (އެޗް.އެސް.ސީ) ކޯ - މެތަމެޓިސް އިމްތިޙާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ މާކަރުން ހޯދުން

2026 ވަނަ އަހަރުގެ މަތީސާނަވީ ( އެޗް.އެސް.ސީ ކޯ- މެތަމެޓިސް ) އިމްތިހާނުގެޖަވާބު ކަރުދާސް މާކުކުރާނެ މާކަރަކު ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.

ބޭނުންވާ އަދަދު:

މަޤާމް

ކޯ މެތުސް  

މާކަރ

01

 

މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:

  1. މާކިންގ:

01  ނޮވެމްބަރ 2026 އިން 10 ނޮވެމްބަރ 2026 އަށް (08:30 އިން 18:00 އަށް)

އުޖޫރަ:

  1. މާކަރުންނަށް ކަނޑައެޅިފައިވަނީ މާކުކުރާ ކޮންމެ ކަރުދާހަކަށް: 60.00 (ފަސްދޮޅަސް) ރުފިޔާ
  2. މަސްއޫލިއްޔަތު އެލަވަންސް: 5,000.00 (ފަސްހާސް) ރުފިޔާ

ޝަރުޠު:

  1. ޕޭޕަރު މާކުކުރާ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން
  2. މިއަހަރު އިމްތިޙާނުގައި ބައިވެރިވެ އިމްތިޙާނު ހަދައިފައިވާ ފަރާތަކަށް ނުވުން
  3. ތިމާ ނުވަތަ ތިމާގެ އަނތްބަކު، ފިރިއަކު، ދަރިއަކު މި އިމްތިޙާނުގައި ބައިވެރި ނުވުން.
  4. ވޭތުވެދިޔަ އަހަރުތަކުގައި، މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ނުވަތަ މި ޑިޕާޓްމަންޓުން ނުވަތަ ކަމާ ގުޅުންހުރި އިދާރާއަކުން ސުލޫކީ މައްސަލައެއްގައި، ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައި ނުވުން.  

މަސްޢޫލިއްޔަތު:

1. 2026 އެޗް.އެސް.ސީ ކޯ މެތަމެޓިސް އިމްތިޙާނުގެ ނަތީޖާ ނެރުމަށްޓަކައި ޑީޕީއީގެ ލަފަޔާ އިރުޝާދުގެ ދަށުން ދަރިވަރުންގެ ޖަވާބު ކަރުދާސްތައް މާކުކުރުން

2 އިމްތިޙާނުގެ މާކިންގ ސްކީމް ފައިނަލްކުރުން

3. މާކިން މަސައްކަތް ނިމުމުން ޑީޕީއީގެ ލަފަޔާއި އިރުޝާދުގެ ދަށުން ، މާކިން މަސައްކަތް ނިމުމުން  މާއްދާ ރިޕޯޓް ( ސަބްޖެކްޓް ރިޕޯޓް ) ނިންމުން

މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:

             1. ތަޢުލީމީ ފެންވަރު       % 25
             2. ކިޔަވައިދިނުމުގެ ތަޖުރިބާ  % 25 

             3. އަމަލީ ތަޖުރިބާ        % 25 

             4. އިންޓަވިއު           % 25 

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަނަވަރު (ސީ.ވީ)
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ  ( ކިޔަވައިދޭ މާއްދާއާގުޅޭ އެންމެމަތީ ސެޓްފިކެޓް)
  4. ވަޒީފާއެއް އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭނޭ ލިޔުން

 

ސުންގަޑި:

 13 އޮކްޓޫބަރު 2026 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން

އެދެންވީ ގޮތް:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.
  • https://forms.gle/ajN5niivDjN3PK1H7
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 4001347 ގުޅުއްވުން އެދެމެވެ.
05 އޮކްޓޫބަރު 2026
ހޯދާ