މާޅޮސްމަޑުލުދެކުނުބުރީ ކުޑަރިކިލު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ - ބ. ކުޑަރިކިލު މެޖިސްޓްރޭޓް ކޯޓްގެ ދޮރާއި ދޮރުފަތްތައް އެލުމުނިއަމް ދޮރުފަތަށް ބަދަލުކުރުމާއި، އިމާރާތުގެ އިރުމަތީގައި ހަރުކޮށްފައިވާ 2 ފެންލައިޓް ނަގައި އެބައި ސިމެންތިން ރާނާ ސިމެންތިޖަހާ ކުލަލުން

އަންދާސީ ހިސާބު ބޭނުންވެއްޖެ.

ބ. ކުޑަރިކިލު މެޖިސްޓްރޭޓް ކޯޓްގެ ދޮރާއި ދޮރުފަތްތައް އެލުމުނިއަމް ދޮރުފަތަށް ބަދަލުކުރުމާއި، އިމާރާތުގެ އިރުމަތީގައި ހަރުކޮށްފައިވާ 2 ފެންލައިޓް ނަގައި އެބައި ސިމެންތިން ރާނާ ސިމެންތިޖަހާ ކުލަލުން

މިކޯޓުންދޭ މަޢުލޫމާތާ އެއްގޮތަށް މިކޯޓުގެ ދޮރާއި، ދޮރުފަތްތައް އެލުމުނިއަމް ދޮރާއި، ދޮރުފަތަށް ބަދަލުކޮށް، އިމާރާތުގެ އިރުމަތީގައި ހަރުކޮށްފައިވާ ފެންލައިޓްތައް ނަގައި، ސިމެންތިން ރާނައި ކުލަލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެވަޑައިގަންނަވާ ފަރާތްތަކުން 11 އޮކްޓޯބަރ 2026 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ބ.ކުޑަރިކިލު މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 10:00އަށް ބ.ކުޑަރިކިލު މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބް ހުށަހެޅުމަށް ހާޟިރުވާއިރު އެބޭފުޅެއް ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރެޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބް ހުށަހެޅުމަށް ވެރިފަރާތް ނޫން އެހެން ފަރާތެއް ފޮނުވާނަމަ، އެމީހަކީ ވެރިފަރާތުން ފޮނުވާމީހެއްކަން އެނގޭފަދަ ލިޔުމަކާއި ހާޟިރުވާފަރާތުގެ އައިޑީކާޑް ނުވަތަ ކާކުކަން އެނގޭފަދަ ރަސްމީ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. އަދި މިފަދަ ލިޔުމެއް ނެތި މަޢުލޫމާތު ސަފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދެވެން ނެތްކަމަށާއި އަދި އަންދާސީ ހިސާބުވެސް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

05 އޮކްޓޫބަރު 2026
ހޯދާ