އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ކުރިޔަށް ގެންދިއުމަށް އެކުލަވާލާ ކޮމިޓީއަށް ރަށުގެ ކްލަބް/ޖަމއްޔާތަކުން މެމްބަރަކު ހޯދުމާއި ގުޅޭ

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ކުރިޔަށް ގެންދިއުމަށް އެކުލަވާލާ ކޮމިޓީއަށް ރަށުގެ ކްލަބް/ޖަމއްޔާތަކުން މެމްބަރަކު ހޯދުމާއި ގުޅޭ

އއ. ބޮޑުފޮޅުދޫ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމުން، ދިރިއުޅުމަށްޓަކައި 1,200 (އެއްހާސް ދުއިސައްތަ) އަކަފޫޓުގެ 200 (ދުއިސައްތަ) ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ކުރިއަށްގެންދިއުމަށް އެކުލަވައިލާ ކޮމިޓީއަށް، ރަށުގެ ކްލަބް/ޖަމްޢިއްޔާތަކުގެ ފަރާތުން 1 (އެކެއް) މެންބަރަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މެންބަރަކު ހޮވުމަށް ހަމަޖެހިފައިވަނީ، "އއ. ބޮޑުފޮޅުދޫ ކައުންސިލުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު (ނަންބަރު: USL/343/2026/03 ގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

ވީމާ، މި ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، މި ރަށަށް ނިސްބަތްވާ ކްލަބް/ޖަމްޢިއްޔާތަކަށް 12 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

ޝަރުޠު:

  • މަދުވެގެން ސާނަވީ ތަޢުލީމީ ފެންވަރު (ސެކަންޑަރީ އެޑިޔުކޭޝަން) ހުރުން.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލައިފިނަމަ، މެންބަރަކު ހޮވުމުގައި އިސްކަންދެވޭނީ ތަޢުލީމީ ފެންވަރަށް ބަލައިގެންނެވެ.
05 އޮކްޓޫބަރު 2026
ހޯދާ