މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

މި ސަރވިސްއަށް ތިރީގައި މިދަންނަވާ މަގާމަށް ކޮންޓްރެކްޓް އުސޫލުން މީހުން ބޭނުންވެއްޖެއެވެ.

މަޤާމު

އެސިސްޓެންޓް ލީގަލް އޮފިސަރ 

ރޭންކް

އެލް 1

ކްލެސިފިކޭޝަން

ލީގަލް

މުސާރަ

-/9610 ރުފިޔާ

ސަރވިސް އެލަވަންސް

-/3500 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް

-/4324 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް /  އިންޓާނަލް އޯޑިޓް އެންޑް އިންވެސްޓިގޭޝަން /  ކ.މާލެ

ބޭނުންވާ އަދަދު

01 (އެކެއް)

ޝަރުޠު

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. މި ސަރވިސްއިން ބަލަހައްޓާ ކުށްވެރިން ކުރާ ގަވާއިދާ ޚިލާފު މައްސަލަތައް ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. މި ސަރވިސްއިން ހަދާ ގަވާއިދުތައް ހެދުމުގައި އެހީތެރިވުން.
  3. މި ސަރވިސްއާއި އާންމު ފަރާތްތަކާ ދެމެދު ހެދޭ އެއްބަސްވުންތައް ހެދުމުގައި އެހީތެރިވުން.
  4. މިނިވަން މުވައްސަސާތަކަށާއި ކޯޓުތަކަށް މި ސަރވިސްއާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ބެލުމުގައި މި ސަރވިސްގެ މުވައްޒަފުން ހާޒިރުކުރާއިރު ޤާނޫނީގޮތުން ދޭންޖެހޭ ލަފާދިނުމާއި އަދި އެމުވައްޒަފުންގެ ބަދަލުގައި ދާންޖެހޭ މުވައްސަސްތަކާއި ކޯޓުތަކަށް ދިއުން.
  5. އަމިއްލަ ފަރާތްތަކުން ހުށަހަޅާ މައްސަލަތަކުގައި ސަރުކާރުގެ އަމިއްލަ މުވައްސަސާތަކަށާއި ކޯޓުތަކަށް ގޮސް މި ސަރވިސް ތަމްސީލުކުރުން.
  6. ސެކްޝަނުގެ އެކިއެކި އިދާރީ މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް

- މަތީގައި ދެންނެވިފައިވާ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ.

- މަތީ ތައުލީމާއި ތަމްރީން.

އިންޓަރވިއު ކުރުން

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 15 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓު:

ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަދަދު އެނގޭގޮތަށް ކޮންމެ ސަފުހާއެއްގައި ނަންބަރު ޖެއްސެވުން އެދެމެވެ.

ސުންގަޑި: މި މަޤާމުތަކަށް އެދޭ ފަރާތްތަކުން  2016 މާރިޗު 06 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. (ޣާޒީ ބިލްޑިންގ / ގްރައުންޑް ފްލޯރ)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސްގެ ނަންބަރު 3328443 އަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 
  • ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ނެގި ފަހުން 03 މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ކޮޕީ.

ނޯޓު: އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.

                                   16 ޖުމާދަލްއޫލާ 1437

23 ފެބުރުވަރީ 2016
ހޯދާ