ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެންސްޕާ އިން ފޯރުކޮށްދޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގުރާމުތަކުގައި ރީ-ރަޖިސްޓްރީ ކުރުމާއިގުޅޭ
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެން.ސްޕާ) އިން ފޯރުކޮށްދޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގުރާމުތަކުގައި، 2024 ވަނަ އަހަރުގެ ނޮވެންބަރުގެ މަހުގެ ނިޔަލަށް އެހީގެ ދަފްތަރުގައި ރަޖިސްޓްރީވެ، ތިރީގައި މިދަންނަވާ އެހީތައް ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެހީ ކުރިއަށް ގެންދިއުމަށް އެދޭ ފަރާތްތަކުން 30 ނޮވެންބަރު 2026 ގެ ކުރިން http://one.gov.mv މެދުވެރިކޮށް އަލުން ފޯމު ހުށަހެޅުމަށް ވަނީ ހުޅުވާލެވިފައެވެ.
- ފަޤީރު ޙާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ
- ފަޤީރު ޙާލަތުގައި ދިރިއުޅޭ މައިންގެ އެހީތެރިކަމެއްނެތި އެހެންމީހަކު ބަލަހައްޓާ ކުދިންނަށާއި، އެކުދިންބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީ
- ފަޤީރު ޙާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށްދެވޭ މާލީ އެހީ
ވީމާ، މަތީގައި ދަންނަވާފައިވާ އެހީތަކުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްކުން http://one.gov.mv މެދުވެރިކޮށް، 30 ނޮވެންބަރު 2026 ގެ ކުރިން ފޯމު ހުށަހެޅުއްވުން އެދެމެވެ.
05 އޮކްޓޫބަރު 2026
ހޯދާ
