ފެލިދެއަތޮޅު ރަކީދޫ މެޖިސްޓްރޭޓް ކޯޓް، ވ. ރަކީދޫ
ދިވެހިރާއްޖެ
ވ.ރަކީދޫ މެޖިސްޓްރޭޓް ކޯޓުގެ ދޮރުފަތްތައް މަރާމާތު ކުރުމުގެ މަސައްކަތް

          މިކޯޓުން ފޯރުކޮށްދޭ މަޢްލޫމާތާއި އެއްގޮތަށް މިކޯޓުގެ ދޮރުފަތްތައް މަރާމާތު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

          މި މަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 8 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ވ.ރަކީދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ.

          އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ 8 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން [email protected]  އަށެވެ.

          ބީލަން ހުށަހަޅާނީ 13 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ 11:00 އަށް ވ.ރަކީދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމު ހިމެނޭގޮތުން، މި މަސައްކަތުގެ މަޢްލޫމާތު ޝީޓާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

          ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

05 އޮކްޓޫބަރު 2026
ހޯދާ