ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫ ހުޅަނގު އުތުރު ފަރާތުގައި އައު މިސްކިތް އިމާރާތްކުރާ ބިމުގައި ހުރި ރުއްގަހާއިގުޅޭ؛
ގދ. ހޯނޑެއްދޫގައި ހުޅަނގު އުތުރު ފަރާތުން (ހައުސިންގ ޔުނިޓް ސަރަހައްދުން) އައު މިސްކިތް އިމާރާތްކުރާ ބިމުގައި 1 އިން 27 އަށް ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، އެސަރަޙައްދުގައި ހުރި ރުއްތަކުގެ ވެރިފަރާތްތަކުން އެމީހެއްގެ ރުކުގެ ޢަދަދު (ގިނައެއްޗެތިގަންނަ ވަކަރުލާމޮޅުރުއް، ފޯދުނު ރަނގަޅުރުއް، ފޯދުނު އާދައިގެރުއް، ފޯދުނު ދެރަރުއް، ނުފޯދޭ ބޮޑުރުއް، ނުފޯދޭ އާދައިގެރުއް، ނުފޯދޭ ކުޑަރުއް) ވަށަމިން ސެންޓިމީޓަރުން ބަޔާންކޮށް އެގޭނެގޮތަށް 2026 އޮކްޓޯބަރު 11 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެސަރަޙައްދުގެ ޗާޓެއް މިއިޢުލާނާއިއެކު ޢާންމު ކުރީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
04 އޮކްޓޫބަރު 2026
ހޯދާ
