ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސީނިއަރ ޤައުމީ ޓީމް ސެލެކްޝަން 2026

މިއެސޯސިއޭޝަންގެ ސީނިއަރ ޤައުމީ ޓީމް (އަންހެން އަދި ފިރިހެން) އެކުލަވާލުމަށް ސެލެކްޝަން މެޗްތައް 13 އޮކްޓޯބަރ 2026 ން 16 އޮކްޓޯބަރ 2026 ނިޔަލަށް ކުރިއަށް ގެންދިއުމަށް ތާވަލު ކުރެވިފައިވާކަން އެންމެހާ ކުޅުންތެރިންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

މި ސެލެކްޝަން ގައި ވާދަކުރުމަށް ފުރުޞަތު ލިބޭނީ އެންމެފަހުގެ ޤައުމީ ރޭންކިންގ އަދި ޖޫނިއަރ ރޭންކިންގ ގައި ހިމެނިފައިވާ ކުޅުންތެރިންގެ ތެރެއިން ސެލެކްޝަން ކޮމިޓީގެ ލަފާގެ މަތިން އެކުލަވާލެވިފައިވާ އުޞޫލުގެ ތެރެއިން ވަކި ޢަދަދެއްގެ ކުޅުންތެރިންނަށް އެކަނިކަންވެސް ފާހަގަ ކުރަމެވެ. (ޤައުމީ ރޭންކިންގ 1ން 10ށް އަދި ޖޫނިއަރ ރޭންކިން 15،17 އަދި 19 އަހަރުން ދަށުގެ 1 ވަނަ)

ފުރުޞަތު ލިބޭ ކުޅުންތެރިންނަށް އެސޯސިއޭޝަނުން ސެލެކްޝަން މެޗްތަކުގައި ބައިވެރިވުމަށް އަންގާނެކަން ވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިއެސޯސިއޭޝަންގެ އީމެއިލް އަށް ލިޔުމުން [email protected]  ށް ހުށައެޅުން އެދެމެވެ.

04 އޮކްޓޫބަރު 2026
ހޯދާ