ދިވެހިރާއްޖެ
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ 2026 ވަނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމެނޭ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން، ކުރެންދޫގެ ކުލަބް
ޖަމްޢިއްޔާތަކަށް ހުޅުވާލެވިގެން ބާއްވާ " ލޮއި ކުރެންދޫ ފުޓުބޯޅަ މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލައި މުބާރާތުގެ
ޤަވާއިދު ޢާންމުކުރީމެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 03 ނޮވެމްބަރ 2026 ގައެވެ.
|
# |
ތަފްޞީލް |
ތާރީޚް |
ސުންގަޑި |
|
1 |
ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުން |
12 އޮކްޓޯބަރ 2026 |
13:00 |
|
2 |
ޓީމް ލިސްޓް ހުށަހެޅުން |
22 އޮކްޓޯބަރ 2026 |
13:00 |
މިމުބާރާތުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ، ކުރެންދޫގެ ކުލަބް ޖަމުޢިއްޔާތަކުން 12 އޮކްޓޯބަރ 2026ގެ 13:00 ގެ ކުރިން މުބާރާތުގެ ރަޖިސްޓްރޭޝަން
ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ކުލަބް/ޖަމްޢިއްޔާގެ ރަޖިސްޓްރީގެ ކޮޕީއާއިއެކު [email protected] އަށް މެއިލްމެދުވެރިކޮށް ނުވަތަ ކައުންސިލްގެ
އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އޮންލައިންކޮށް ފޯމް ފުރިހަމަ ކުރުމަށް ބޭނުންވާ ޓީމްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7993319 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމް ތަކަށް އެފުރުސަތު ހުޅުވާލަމެވެ.
