ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ހެލްތު އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާ އޮތް އޮފީސް: މ. ދިއްގަރު ސުކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިދާރީ، މ. ދިއްގަރު ސުކޫލް

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކުލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ: -/5،610  ރުފިޔާ

ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

އެހެނިހެން ޢިނާޔަތް: އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތަކާއި، މަސްޢޫލިއްޔަތު:

- ދަރިވަރުންނަށާއި، ސްޓާފުންނަށާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ޞިއްޙީ ޕްރޮގްރާމްތައް ރާވައި ހިންގުން.

- ދަރިވަރުންގެ ހެލްތު ޗެކަޕް ޕްރޮގްރާމް ރާވައި ހިންގުން.

 - ހެލްތު ރޫމް ބެލެހެއްޓުން.

- ހެލްތު ރޫމުން ފަސްޓްއެއިޑް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

- ސްކޫލުގެ އިމާރާތްތަކާއި، ގޯތިތެރެއާއި، ފާޚާނަތަކުގެ ސާފުތާހިރުކަން ދުވަހުން ދުވަހަށް ޗެކުކުރުން.

- ޞިއްޙީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް އެހީތެރިވެދިނުން. 

- ދަރިވަރުންނަށް ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުން.

- ކުރިޔަށް  އޮތް އަހަރު ސްކޫލް ހެލްތު ޕްރޮގުރާމް ހިންގާނެގޮތުގެ ތާވަލް ތައްޔާރުކޮށްފައި އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވުން.

މަޤާމާ ގުޅޭ ދާއިރާ:

ހެލްތު ދާއިރާ

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ހުނަރަށް ބަލައިގެން (ތަޖުރިބާއަށް ބަލާއިރު، މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

- ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމެންޓް ކޮމިޓީގެ ފަރާތުން ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތަކަށް އިންޓަވިއު ކުރިއަށް ގެންގޮސްގެން.

އިންޓަވިއު ކުރުން:

- އިންޓަވިއުކުރުމުގެ ކުރިން، މި މަޤާމަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް އެދި އެކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކުރައިޓީރިއާއެއްގެދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ. 

- އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އެމީހަކު އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދޭ ފޯމުގައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 6 މާރިޗު 2016 އާއި 10 މާރިޗު 2016 އާ ދެމެދު މ. ދިއްގަރު ސުކޫލުގައެވެ. 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ސިވިލްސަރވިސްގެ  ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ސުކޫލުގެ އޮފީހުން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތަކީ، ސިވިލް ސަރވިސްގައި ނުވަތަ ސަރުކާރުގެ އެހެން މުއައްސަސާއެއްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، މި ސުކޫލުގެ ވަޒީފާއަށް އެ މުވައްޒަފު ބަދަލުވުމާމެދު އިޢުތިރާޒު ނުކުރައްވާކަމުގެ ލިޔުން.

- ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތަކީ، ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، މި ސުކޫލުގެ ވަޒީފާއަށް އެ މުވައްޒަފު ބަދަލުވުމާމެދު އިޢުތިރާޒު ނުކުރައްވާކަމުގެ ލިޔުން.  

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

- ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ލިޔުމެއް.

ސުންގަޑި:

މި  މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 މާރިޗު 1 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މ. ދިއްގަރު ސުކޫލަށް ހުށަހެޅުން އެދެމެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ދިއްގަރު ސުކޫލުގެ 7952904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

13 ޖުމާދަލްއޫލާ 1437
22 ފެބުރުވަރީ 2016
ހޯދާ