ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ކައުންސެލަރ

ވަޒީފާގެ ފުރުޞަތު:

މަޤާމު:                          ކައުންސެލަރ

ބޭނުންވާ އަދަދު:                     01

ރޭންކް:                          އެމް.އެސް 1

ކުލެސިފިކޭޝަން:                     ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:                         -/5610 ރުފިޔާ

ސަރވިސް އެލަވަންސް:                 -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                   މ. ދިއްގަރު ސުކޫލް

ގިންތި:                          ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:          އިދާރީ / މ.ދިއްގަރު ސުކޫލް 

އެހެނިހެން އިނާޔަތް:                - އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކާއި މަސްއޫލިއްޔަތު:

- ކައުންސެލިންގ ޕްރޮގްރާމްތައް ރޭވުމާއި، އެ ޕްރޮގްރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑުތަކެއް ބެލެހެއްޓުން.

- ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާއި، ކައުންސެލިންގގެ ފޮލޯއަޕް ހެދުން.

- ދަރިވަރުންގެ ނަފުސާނީ، ޖިސްމާނީ އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުންނަށް ހުށަހަޅާ ކަންތައްތައް ބަލައި، އެކަންކަމުގައި އެފަދަ ކުދިންނަށާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން

- ނަފުސާނީ ދުޅަހެޔޮކަމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، ދަރިވަރުންނަށް ފޯރުވައިދިނުން.

- ސްކޫލުގެ ފާހަގަކުރާ ދުވަސްތަކާއި، ޙަފުލާތަކަށް މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަންދިނުން.

- ސްކޫލުގެ އަހަރީ އިނާމުދިނުމުގެ ޙަފުލާގެ ތައްޔާރީތަކާއި، ޖަލްސާގެ އެންމެހާ ކަންކަން ނިމެންދެން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމަށް ސްކޫލަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

މަޤާމާ ގުޅޭ ދާއިރާތައް:

- ކައުންސެލިންގގެ ދާއިރާ

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން

ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ހުނަރަށް ބަލައިގެން (ތަޖުރިބާއަށް ބަލާއިރު މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

- ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމެންޓް ކޮމިޓީގެ ފަރާތުން ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތަކަށް އިންޓަރވިއު ކުރިއަށް ގެންގޮސްގެން.

އިންޓަރވިއު ކުރުން:

- އިންޓަރވިއު ކުރުމުގެ ކުރިން މިމަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް އެދި ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކުރައިޓީރިއާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

- އިންޓަރވިއު އަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އެމީހަކު އިންޓަރވިއު އަށް ހާޒިރުވާއިރު ވަޒީފާއަށް އެދޭ ފޯމުގައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު ކުރުން އޮންނާނީ 6 މާރިޗު 2016 އިން 10 މާރިޗު 2016 އާ ދެމެދު މ.ދިއްގަރު ސްކޫލުގައެވެ. 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލްސަރވިސް ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ ސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ފޯމު ސްކޫލް އޮފީހުން ވެސް ލިބެން ހުންނާނެއެވެ.)

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތަކީ ސިވިލް ސަރވިސް ނުވަތަ ސަރުކާރުގެ އެހެން މުއައްސަސާއެއްގައި މަސައްކަތްކުރައްވާ މުވައްޒަފެއްނަމަ، އެމުވައްޒަފުގެ ވަޒީފާ މި ސްކޫލަށް ބަދަލުވުމާމެދު އިއުތިރާޒު ނުކުރައްވާ ކަމުގެ ލިޔުން.

- ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތަކީ ސިވިލް ސަރވިސް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ އެމުވައްޒަފުގެ ވަޒީފާ މި ސްކޫލަށް ބަދަލުވުމާމެދު އިއުތިރާޒު ނުކުރައްވާ ކަމުގެ ލިޔުން.  

- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

- ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ލިޔުމެއް.

ސުންގަޑި:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 01 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ބަޔާންކުރެވިފައިވާ ތަކެއްޗާއެކު މ.ދިއްގަރު ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ދިއްގަރު ސްކޫލުގެ ނަންބަރު 7952904 ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އަންގައި އިޢުލާނު ކުރަމެވެ.

22 ފެބުރުވަރީ 2016
ހޯދާ