ދިވެހިރާއްޖެ
- ބުނެވިދިޔަ އުސޫލުގެ 4ވަނަ މާއްދާގެ (ޅ) އުނިކުރުން.
- ބުނެވިދިޔަ އުސޫލުގެ 26 ވަނަ މާއްދާގެ ފަހަތަށް 26-1 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން
(ހ) މި އުސޫލުގައި ސީދާ ބަޔާންކޮށްފައިނުވާ ކަމެއް ނުވަތަ ޚާއްޞަ ޙާލަތެއް ދިމާވެއްޖެނަމަ، އެކަމަކާމެދު ގޮތެއް ނިންމާނީ ކައުންސިލްގެ ރަސްމީ ޖަލްސާއަކަށް ހުށަހަޅައި، ޖަލްސާއިން ފާސްކުރާ ގޮތެއްގެ މަތިންނެވެ.
(ށ) ފޯމު ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި އުސޫލުގައި ނެތް ކަމެއް ނުވަތަ އިޖުރާއަތެއް ނުވަތަ އިދާރީ ނުވަތަ ފަންނީ މައްސަލައެއް ދިމާވެއްޖެނަމަ، އޮޅުންފިލުވައިދޭންޖެހޭ ކަމެއް ދިމާވެއްޖެނަމަ، އެކަމަކަށް ގޮތް ނިންމާނީ ކައުންސިލްގެ ޖަލްސާއަކަށް ހުށަހަޅައި ފާސްކޮށްގެންނެވެ.
(ނ) ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވުމަށްފަހު، އިވެލުއޭޝަން މަރުހަލާގައި އުސޫލުގައި ބަޔާންކޮށްފައިނުވާ އިދާރީ ނުވަތަ ފަންނީ މައްސަލައެއް ދިމާވެއްޖެނަމަ، އެކަމާމެދު ގޮތެއް ނިންމާނީ ވިލަރެސް ކޮމެޓީން ފޮނުވާ ލަފައަށް ރިއާޔަތްކޮށް ކައުންސިލުންނެވެ. ނަމަވެސް، އެ ނިންމުމަކީ އުސޫލަށް އިސްލާހެއް ނުވަތަ އާ މިންގަނޑެއް އިތުރުކުރަންޖެހޭ ކަމެއްނަމަ، އެކަމެއް ނިންމާނީ މިނިސްޓްރީގެ އެންޑޯޒްމަންޓާއެކު ކައުންސިލްގެ ޖަލްސާއަކުންނެވެ.
(ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ )އާ އެއްގޮތްވާގޮތުގެ މަތިން ކައުންސިލްގެ ޖަލްސާއިން ނިންމާ އާންމު ނިންމުންތައް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އާންމުކުރަންވާނެއެވެ.
(ބ) އުސޫލުގައި ނެތްކަމެއް ދިމާވެގެން ކައުންސިލުން ނުވަތަ ވިލަރެސް ކޮމިޓީން ނިންމާ ނިންމުމަކީ، މި އުސޫލުގެ މައިގަނޑު މަޤްޞަދާއި، އަސާސީ ޝަރުޠުތަކާއި (އެބަހީ: ޕޮއިންޓް ދިނުމުގެ މައިގަނޑު މިންގަނޑުތަކާއި)، ކަމާގުޅޭ ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފުވާ ނިންމުމަކަށް ވެގެންނުވާނެއެވެ.
3. މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
