ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1448 ވަނަ އަހަރުގެ ރަމަޟާންމަހު، ދަނޑުވެރިން އުފައްދާ ތަކެތި ވިއްކުމަށްޓަކައި މާލެ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ޤާއިމްކުރުމާއި ގުޅޭ:

ރަމާޟާންމަހަށް ދަނޑުވެރިން އުފައްދާތަކެތި މާލެ ގެނެސް ވިއްކުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯއްދަވައި ދެއްވުމަށްޓަކައި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަން އާއި ކަމާގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް އެމިނިސްޓްރީން މިކައުންސިލަށް ވަނީ އަންގާފައެވެ.

             އެގޮތުން، 1448ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްޞަ ކުރައްވައިގެން ދަނޑުވެރިންގެ އުފެއްދުންތައް މާރކެޓްކޮށް ވިއްކުމަށްޓަކައި، މާލެޞަރަހައްދުގައި ވަގުތީ މާރުކޭޓެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ވަނީ އަންގާފައެވެ.

            ވީމާ، 1448ވަނަ އަހަރު ރަމަޟާންމަހަށް ޚާއްޞަ ދަނޑުވެރިންގެ މާރުކޭޓްގައި ބައިވެރިވެލައްވާ ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ މިރަށުގެ ދަނޑުވެރިން ދުރާލައި ތައްޔާރުވުމަށް ދަންނަވަމެވެ. އަދި މިމާރުކޭޓުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ދަނޑުވެރިން 18 އޮކްޓޯބަރ 2026 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާގެ ވައިބަރ ނަންބަރު 7730042 އަށް މެސެޖު ކުރައްވާ ނަންނޯޓު ކުރެއްވުން އެދެމެވެ.

 

04 އޮކްޓޫބަރު 2026
ހޯދާ