އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިގޮނޑުގެ ގޭޓް ހެދުމާއި ފެންސްގެ ބައެއް މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުން

މިރަށު ކުނިގޮނޑުގެ މައިގޭޓާއި ކުޑަ ގޭޓް ހެދުމާއި އަދި ފެންސްގެ ބައެއް މަރާމާތުކޮށް ނެޓް ޖަހާދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ ތިރީގައިވާ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2026 އޮކްޓޯބަރ 7 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން މި ކައުންސިލަށް ކޯޓޭޝަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. ކޯޓޭޝަން މެއިލް ކުރައްވާނަމަ  މި އިދާރާގެ މެއިލް  [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މަސައްކަތާބެހޭ މަޢުލޫމާތ

 

  1. ކުރެހުމާއި އެއްގޮތަށް 2 ގޭޓް ހަދާ ފެންސް މަރާމާތުކުރުން
  2. ވެލްޑިންގ ކުރަންޖެހޭ ހުރިހާ ޕޮއިން ރަނގަޅަށް ފިލްކޮށް ގޭނުމަށްފަހު ރެޑްއޮކްސައިޓް ލާންވާނެ އަދި އޭގެ މަތިން ގަދަ އަޅިކުލައިގެ ދަވާދު ލުން
  3. ފެންސްގެ 20 ފޫޓް ދިގުމިނުގައި، ވެލްޑިން ކަނޑައިގެން ގޮސްފައިވާ ޕޮއިންޓްތައް އަލުން ވެލްޑިންގކޮށް އަންޑަރ ކޯޑް ދަވާދުލާ އޭގެ މަތިން ދަވާދުލުން
  4. ފެންސް ދާ ހަލާކުވެފައިވާ ޕޮއިންޓްތައް މަރާމާތުކުރުން

 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

 

04 އޮކްޓޫބަރު 2026
ހޯދާ