މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރިންސިޕަލް ހިއުމަން ރިސޯސަސް އޮފިސަރ

އިޢުލާނު

 

މަޤާމު:

ޕްރިންސިޕަލް ހިއުމަން ރިސޯސަސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-464636

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 8 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިޕާޓްމަންޓް، ޓްރެއިނިންގ ޑިވެލޮޕްމަންޓް އެންޑް އެމްޕްލޯއީ ރިލޭޝަން ސެކްޝަން/ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، މާލެ

މުސާރަ:

މަހަކު 11620.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 5420.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް  145.00 ރުފިޔާ
  • ދައުލަތުގެ ޕޭ ފްރޭމްވަރކުގެ މިންގަނޑުގައިވާ ގޮތުގެ މަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީއަށް ބޭނުންވާ ތަމްރީންތައް ހޯދައި ޓްރޭނިންގ ރިކުއަރމަންޓް ތައްޔާރުކޮށް ސިވިލް ސަރވިސްކޮމިޝަނަށް ފޮނުވައި އޭގެ ރެކޯޑް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމާއި ކުރުވުން.
  2. ގެޕް އެނަލިސިސް ފޯމު ފުރިހަމަ ކުރުމާއި ކުރުވުން.
  3. ޓްރެއިނިންގ ޕްލޭން ފޯމު ފުރިހަމަ ކުރުން
  4. ޓްރެއިނިންގ އިވެލުއޭޝަން ފޯމު ފުރިހަމަ ކުރުމާއި ކުރުވުން
  5. ޓްރެއިނިންގ އިވެލުއޭޝަން ރިޕޯރޓް ތައްޔާރު ކުރުމާއި ކުރުވުން
  6. ބޮންޑުކުރެވޭ މުވައްޒަފުންގެ އެއްބަސްވުން ތައްޔާރުކުރުމާއި ރެކޯޑު ބެލެހެއްޓުން.
  7. ސީ.އެސް.ޓީ.އައި އިން ހިންގާ ތަމްރީން ތަކުގައި މުވައްޒަފުން ބައިވެރި ކުރުވުމާއި ތަމްރީން ފުރިހަމަ ކުރާކަން ކަށަވަރު ކުރުމާއި ރެކޯޑު ބެލެހެއްޓުން.
  8. ސިވިލްސަރވިސް ގަވާޢިދުގައި ކަނޑައަޅާފައިވާ މެންޑޭޓަރީ ޓްރެއިނިންގ ފުރިހަމަ ނުކުރާ ފަރާތްތައް ބަލައި އަހަރު ނިމުމުގެ ކުރިން އެފަރާތްތައް ޓްރެއިނިންގ ޕްރޮގްރާމް ތަކުގައި ބައިވެރިކުރުވުމާއި ރެކޯޑު ބެލެހެއްޓުން
  9. އެކިއެކި ކޯސްތަކާއި، ޓްރެއިނިންގ ތަކާއި ތަމްރީނު ފަދަ ޕްރޮގްރާމްތަކަށް ރާއްޖޭންނާއި ރާއްޖޭން ބޭރަށްދާ މުވައްޒަފުންނަށް އިދާރީގޮތުން ކޮށްދޭންޖެހޭ އެންމެހާ މަސައްކަތްތައް ކުރުވުމާއި ރެކޯޑުތައް ބެލެހެއްޓުމުގެ މަސައްކަތް  ކުރުމާއި ކުރުވުން.
  10. ސެމިނަރ، ވޯކްޝޮޕް ފަދަ އެކިއެކި  ބައްދަލުވުންތަކާއި،  ތަމްރީން ފަދަ ޕްރޮގްރާމް  ތަކަށް މުވައްޒަފުން ފޮނުވުމުގެ މަސައްކަތްތައް ކުރުމާއި ރެކޯޑު ބެލެހެއްޓުން.
  11. އިގުރާރު ކުރެވިގެން ކޯހަށް ފޮނުވޭ މުވައްޒަފުން ޚިދުމަތް ނުކުރުމުން އެފަދަ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  12. އަލަށް ވަޒީފާ ހަމަޖެހޭ މުވައްޒަފުންނަށް ސިވިލް ސަރވިސްގެ ވަޒީފާއަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް ހިންގުން.
  13. މަސައްކަތު ތަޖްރިބާ ހޯދުމަށް އެދިގެން ހުށަހަޅާ ފަރާތްތަކުގެ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއި ރެކޯޑް ބެލެހެއްޓުން.
  14. މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި އަމިއްލަ މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ސްޕަވައިޒާ ގުޅިގެން ކުރުމާއި އަދި ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
  15. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ އެންމެހާ މަސައްކަތްތައް ކުރުމާއި ރެކޯޑު ބެލެހެއްޓުން.
  16. ޤާނޫނު ނަންބަރު : 2024/ 16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ ދަށުން "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ" ޖިންސީ ގޯނާ ކުރުމާއި ފުރައްސާރަ ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ކޮމިޓީގެ މަސައްކަތްތައް ކުރުމާއި ރެކޯޑު ބެލެހެއްޓުމުގެ މަސައްކަތް ކުރުމާއި ކުރުވުން
  17. ޤާނޫނު ނަންބަރު: 18/2016 (ޖެންޑަރ އީކުލިޓީ ޤާނޫނު)ގެ 20 ވަނަ މާއްދާގެ (ކ) ދަށުން އެކުލަވާލާފައިވާ ކޮމިޓީގެ އެންމެހާ މަސައްކަތްތައް ކުރުމާއި ކުރުވުން.
  18. ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އޮޑިޓް ރިޕޯރޓަށް ބޭނުންވާ މަޢުލޫމާތުތައް ކަނޑައެޅިފައިވާ މުއްދަތަށް ތައްޔާރުކޮށް ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުން.
  19. މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުވުމަށް މަސައްކަތާއި ގުޅޭ ސެމިނަރ އަދި ވޯރކްޝޮޕްތައް ރާވައި ހިންގުމާއި، މުވައްޒަފުންގެ ޕަރފޯމަންސް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެ ހައްލު ހޯދުމަށް މަސައްކަތް ކުރުން.
  20. ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިޕާޓްމަންޓުން ހަދަންޖެހޭ ޕްރޮކިއުމެންޓް ޕްލޭން ތައްޔާރުކޮށް ކަމާބެހޭ ފަރާތަށް ކަނޑައެޅޭ މުއްދަތެއްގައި ފޮނުވުން.
  21. ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ ދަށުން ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިޕާޓްމަންޓުން ބަލަހައްޓަން ޖެހޭ އެންމެހައި ކޮމިޓީ ތައް އެކުލަވާލައި އޭގެ ރެކޯޑު ބަލަހައްޓާކަން ކަށަވަރުކުރުން.
  22. ވަޒީފާއާއި ގުޅިގެން މުވައްޒަފުން ކުރާ ޝަކުވާތައް ބަލައި (ގްރިވެންސް) އެކަންކަމަށް ޙައްލު ހޯދުމަށް މަސައްކަތް ކުރުން.
  23. ވަޒީފާއާއި މެދު މުވައްޒަފުންދެކޭ ގޮތް ދެނެގަނެ (އެމްޕްލޮއީ ސަރޓިސްފެކްޝަން އަދި އެމްޕްލޮއީ އެންގޭޖްމަންޓް) ހައްލު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  24. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން ކުރާ މަސައްކަތްތަކާއި ގުޅިގެން ހަދަންޖެހޭ އެންމެހާ އުޞޫލުތައް ހަދައި ހިންގުން.
  25. ހިއުމަން ރިސޯސް ޑިޕަރޓްމަންޓުން ކުރާ މަސައްކަތްތަކާއި ގުޅިގެން އެކިއެކި ފަރާތްތަކުން ހޯދުމަށް އެދޭ ލިޔެކިއުންތައް ފޯރުކޮށްދިނުން.
  26. ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިޕަރޓްމަންޓަށް ލިބޭ މެއިލްތައް ދުވަހުން ދުވަހަށް ޗެކްކޮށް ކުރާ މަސައްކަތްތަކާއި ގުޅިގެންޖަވާބު ދޭންޖެހޭ މެއިލްތަކަށް ޖަވާބު ދިނުން.
  27. މިނިސްޓްރީ އާއި ދާއިރާގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުގެ މެދުގައި އެކުވެރިކަން އުފެއްދުމާއި ގުޅުންބަދަހި ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  28. މިނިސްޓްރީން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި މިނޫނަސް މިނިސްޓްރީން އަންގާ ރަސްމީ ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން. ނުވަތަ
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް: 

  1. އެޑްމިނިސްޓްރޭޝަން 
  2. އެޑަލްޓް ލަރނިންގ އެންޑް ލީޑަރޝިޕް 
  3. ބިހޭވިއަރަލް އެންޑް އޮގަނައިޒޭޝަނަލް ސައިކޮލޮޖީ 
  4. ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  5. ބިޒްނަސް އެނަލިސިސް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް 
  6. ބިޒްނަސް މެނޭޖްމަންޓް 
  7. ޑޭޓާ އެނަލިޓިކްސް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް 
  8. ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް 
  9. ހިއުމަން ކެޕިޓަލް ލީޑަރޝިޕް 
  10. ހިއުމަން ކެޕްޓަލް މެނޭޖްމަނަޓް 
  11. ހިއުމަން ޑިވެލޮޕްމަންޓް 
  12. ހިއުމަން މެނޭޖްމަންޓް އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް 
  13. ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް 
  14. ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް މެނޭޖްމަންޓް 
  15. ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓް 
  16. ހިޔުމަން ރިސޯސް މެނޭޖްމަންޓް 
  17. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް 
  18. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓަލަންޓް މެނޭޖްމަންޓް 
  19. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓްރޭނިންގ 
  20. ހިއުމަން ރިސޯސް ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް 
  21. ހިއުމަން ރިސޯސަސް 
  22. ހިއުމަން ރިސޯސަސް އެޑްމިނިސްޓްރޭޝަން 
  23. ހިއުމަން ރިސޯސަސް އެންޑް އެމްޕްލޯއިމަންޓް 
  24. ހިއުމަން ރިސޯސަސް އެންޑް ނޮލެޖް މެނޭޖްމަންޓް 
  25. ހިއުމަން ރިސޯސަސް އެންޑް އޯގަނައިޒޭޝަނަލް ބިހޭވިއަރ 
  26. ހިއުމަން ރިސޯސަސް އެންޑް ޓެލަންޓް ޑިވެލޮޕްމަންޓް 
  27. ހިއުމަން ޓެލަންޓް މެނޭޖްމަންޓް 
  28. ލީޑަރޝިޕް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް 
  29. ލީޑަރޝިޕް އެންޑް ޓެލަންޓް މެނޭޖްމަންޓް 
  30. ލަރނިންގ އެންޑް އޯގަނައިޒޭޝަނަލް ޗޭންޖް 
  31. މެނޭޖްމަންޓް 
  32. މެނޭޖްމަންޓް އެންޑް ޕީޕަލް މެނޭޖްމަންޓް 
  33. މެނޭޖްމަންޓް ސައިކޮލޮޖީ 
  34. އޯގަނައިޒޭޝަނަލް ޑިވެލޮޕމަންޓް 
  35. އޮގަނައިޒޭޝަނަލް ލީޑަރޝިޕް އެންޑް ލަރނިންގ 
  36. އޯގަނައިޒޭޝަނަލް ސައިކޮލޮޖީ 
  37. ޕީޕަލް މެނޭޖްމަންޓް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް 
  38. ޕަރސަނަލް މެނޭޖްމަންޓް 
  39. ޕަރސަނަލް މެނޭޖްމަންޓް އެންޑް ލޭބަރ ޕްރެކްޓިސް 
  40. ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  41. ޕަބްލިކް ޕޮލިސީ 
  42. ސްޓްރެޓީޖިކް ހިއުމަން ރިސޯސް މެނޭޖްމަންޓް 
  43. ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް 
  44. ވަރކް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ 
  45. ވަރކް ސައިކޮލޮޖީ 
  46. ވަރކްފޯސް އެޑިއުކޭޝަން އެންޑް ޑިވެލޮޕްމަންޓް 
  47. ވަރކްފޯސް ލަރނިންގ އެންޑް ޕަރފޯމަންސް

ގުޅޭވަޒީފާގެ ދާއިރާތައް:

  • ރެކްރޫޓްމަންޓް އެންޑް ސެލެކްޝަން
  • އޮގަނައިޒޭޝަނަލް ބިހޭވިއަރ
  • ޕަރފޯމަންސް މެނޭޖްމަންޓް
  • އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ނުވަތަ ކޮމްޕެންސޭޝަން މެނޭޖްމަންޓްއާ ގުޅުންހުރި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ 

    (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

    (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޮކްޓޫބަރު 12 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 15 އޮކްޓޫބަރު 2026 އާއި 29 އޮކްޓޫބަރު 2026 އާ ދެމެދު، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ   3018329،3018324އަށެވެ. އީ-މެއިލް ކުރާނީ  [email protected]   އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

04 އޮކްޓޫބަރު 2026
ހޯދާ