އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕީޑިއެޓްރިކް ވޯޑް އެކްސްޓެންޝަން ރިނޮވޭޓްކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު

އިޢުލާން ނަމްބަރ: 137-IU/PR/2026/144

ޕްރޮޖެކްޓް ނަމްބަރ: 137-PR/2026/W-28

 

ޕްރޮޖެކްޓްގެ ނަން: އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕީޑިއެޓްރިކް ވޯޑް އެކްސްޓެންޝަން ރިނޮވޭޓްކޮށްދޭނެ ފަރާތެއް ހޯދުން

އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕީޑިއެޓްރިކް ވޯޑް އެކްސްޓެންޝަން ރިނޮވޭޓްކޮށްދޭނެ ފަރާތެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.  

މަސައްކަތުގެ ބީއޯކިއު އަދި ކުރެހުން މި އިއުލާނާއެކު ހިމަނާފައިވާނެއެވެ.

ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް

  1. މި ބީލަމުގައި ބައިވެރިވާ ފަރާތަކީ އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއް ކަމުގައިވާންވާނެއެވެ. އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވާންވާނެއެވެ.
  2. ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ މައުލޫމާތާއި   އެއްގޮތަށް، ޖީ.އެސް.ޓީ ހިމަނައިގެންނެވެ.  
  3. މަސައްކަތް ނިންމަން ހުށަހަޅާ މުއްދަތު ކޯޓޭޝަން / ބީއޯކިޔުގައި ބަޔާންކުރަންވާނެއެވެ. 
  4. މިބީލަމުގައި ރަޖިސްޓްރީވުމަށް ކުންފުނީގެ ނަމާއި އެޑްރެސް، ރަޖިސްޓްރޭޝަން ނަމްބަރު އަދި  ފޯނު ނަމްބަރު އެގޭނެހެން 04 އޮކްޓޯބަރ 2026 އިން ފެށިގެން  11 އޮކްޓޯބަރ 2026 އަށް ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް، ފޮނުއްވުން އެދެމެވެ.
  5. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް ބައްދަލުވުން   07 އޮކްޓޯބަރ 2026 ވަނަ ދުވަހު 13:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓްގައި އޮންނާނެއެވެ. އަދި މިބައްދަލުވުމަށްފަހު މަސައްކަތް ކުރާ ސައިޓް ދެއްކުން އޮންނާނެއެވެ.މިބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ފުރުސަތުދެވެން ނޯންނާނެއެވެ.· 
  •  ޕްރީބިޑަށް ހާޒިރުވާއިރު ހާޒިރުވާ ފަރާތަކީ ބިދޭސީއެއްނަމަ އެފަރާތަކީ ކުންފުނީގެ މުވައްޒަފެއްކަން ނުވަތަ ކުންފުނީގެ ފަރާތުން ހާޒިރުވާ ފަރާތެއްކަން ކަށަވަރު ކުރެވޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. މިލިޔުން ނުގެންނަ ފަރާތްތަކަށް ޕްރީބިޑްގައި ބައިވެރި ނުވެވޭނެއެވެ.

   6. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާ ބީލަންތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާތައް ބީލަމުގެ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާނެއެވެ. މިމަސައްކަތާއިބެހޭ އެންމެހާ ލިޔެކިޔުންތައް 04 އޮކްޓޯބަރ 2026 އިން ފެށިގެން މިހޮސްޕިޓަލުގެ ވެބްސައިޓް https://www.igmh.gov.mv/publications/tenders/ އިން ޑައުލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ.

   7. މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 10 އޮކްޓޯބަރ 2026 ގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސްތަކަށް އީމެއިލް ކުރެއްވުން އެދެމެވެ.

   8. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 5,000.00ރ (ފަސްހާސް ރުފިޔާ)ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ.  ބިޑު ސެކިޔުރިޓީގެ  މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން  ފެށިގެން  90 ދުވަހެވެ.

   9. ބީލަން ހުޅުވުން އޮންނާނީ 13 އޮކްޓޯބަރ 2026  ދުވަހު 11:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކޮށްފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.

   10. ނޯޓް:

  1. ހޮސްޕިޓަލުގެ ވެބްސައިޓްއިން މި ޢިއުލާނާއި ބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.

https://www.igmh.gov.mv/publications/tenders/

  2. މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]

    [email protected]

04 އޮކްޓޫބަރު 2026
ހޯދާ