ދިވެހިރާއްޖެ
އިޢުލާން
މިހޮސްޕިޓަލުގައި ބޭނުންކުރާ ލޯންޗު އެހެލުމާއި ބައެއް މަރާމާތުތައް ކޮށްދޭން ފަރާތެއް ހޯދުން
މިހޮސްޕިޓަލްގައި ބޭނުންކުރާ MHL113 ލޯންޗު އެހެލުމާއި ބައެއްމަރާމާތު ކުރަން ބޭނުންވެގެން، ކުރެވުނު ނަމްބަރު (IUL)FAH-A-1/FAH/2026/33:އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެއިޢުލާނު ބާތިލް ކޮށް، އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު، 2026 އޮކްޓޯބަރ 12 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި ހޮސްޕިޓަލަށް ހުށަހަޅަން ޖެހޭނެއެވެ. "ރަޖިސްޓްރޭޝަން ފޯމް" ގެޒެޓް ކުރެވިފައިވާނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ "ރަޖިސްޓްރޭޝަން ފޯމް" ފުރިހަމަކޮށް ހޮސްޕިޓަލަށް ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ. މެއިލް ކުރައްވާނަމަ މިހޮސްޕިޓަލްގެ [email protected] އަށް މެއިލް ކުރުމަށްފަހު މިހޮސްޕިޓަލަށް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ.
- ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2026 އޮކްޓޯބަރ 20 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި ހޮސްޕިޓަލްގައެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި MHL113" ލޯންޗު އެހެލުމާއި ބައެއްމަރާމާތުކޮށް ދިނުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.
- ހުށަހަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލާމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލާއި، ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ އިތުރުން މިބީލަމާގުޅޭ މަޢ ުލޫމާތުތައް މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ. މަޢުލޫމާތު ކަރުދާސް ގެޒެޓް ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
- މި ބީލަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ 6740086 / 9779677 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
