ދިވެހިރާއްޖެ
އިޢުލާން
ހއ.ކެލާ ކައުންސިލަށް ބޭނުންވާ ކޭބަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.
ހއ.ކެލާ ކައުންސިލަށް ކަރަންޓް ކޭބަލް ސަޕްލައި ކޮށްދިނުމަށް ކުރެވުނު (IUL)249-E/249/2026/68 ނަންބަރު އިއުލާނާއި ގުޅިގެން އެކަށީގެންވާ ވަރަކަށް ބިޑް ހުށައަޅައިފައި ނުވާތީ މި އިއުލާނު ބާތިލްކޮށް އަލުން އިއުލާނު ކުރަމެވެ.
މިއިދާރާއިންދޭ މަޢުލޫމާތާއި، އެއްގޮތަށް ކަރަންޓް ކޭބަލް ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.
|
ރަޖިސްޓްރީ ކުރުން |
04 އޮކްޓޯބަރ 2026 އިން 07 އޮކްޓޯބަރ 2026 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:000 އިން މެންދުރު ފަހު 12:00 އަށް ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ. |
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
08 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
|
އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
15 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
1- މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
2- އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ.
3- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ / މިސްކިތް މަގު، ހއ.ކެލާ ، ދިވެހިރާއްޖެ އީމެއިލް: [email protected]
04 އޮކްޓޯބަރ 20260202
