ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު

ވަޒީފާ އަދާކުރަންޖެހޭ ތަން: ކަލާފާނު ސްކޫލް

މަގާމު:  އޮފީސް އެސިސްޓެންޓް    

ބޭނުންވާ އަދަދު: 1

މަޤާގާމުގެ ކްލެސިފިކޭޝަން

ސަޕޯޓްސް ސްޓާފް ގްރޭޑް 2

ރޭންކް

އެސް. އެސް 2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަޤާމުގެ ޝަރުޠު

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1. މި ސްކޫލުގެ އެކިއެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީ މެސެޖް ފަދަ ލިޔުންތައް ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކޮށްދިނުން.

2. ސްކޫލުގެ ބޭނުންތަކަށް ފިހާރަތަކުން ހޯދަންޖެހޭ ތަކެތި، ޕާޗޭސް އޯޑަރު ފޯމު ދިނުމުން އެތަކެތި ސްކޫލަށް ގެނައުން.

3. ބިދޭސީ ޓީޗަރުންގެ ވާރކް ވިސާ ކާޑު ހެއްދުމުގެ މަސައްކަތުގައި އިމިގްރޭޝަނަށް ދިޔުން.

4. ކޮންމެ މަހެއްގެ މުސާރަ އަދި އެހެނިހެން ކަންކަމުގައި ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުމަށްޓަކައި އެމްއެމް.އޭ އަށް ދިއުން.

މިވަޒީފާއަށް އެންމެ ޤާބިލު މީހަކުހޮވުމުގައި ބަލާނެ ކަންތައްތައް:

 1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
 2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
 3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް

އެހެނިހެން އިނާޔަތްތައް:

ހަމަޖެހިފައި އޮންނަ އުސޫލުތަކުގެ ދަށުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެ.

ހުށަހަޅަން ޖެހޭ ތަކެތި

 • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބޭނެއެވެ).
 • ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   
 • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
 • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ސުންގަޑި:

 • މިމަޤާމުތަކަށް ޝަރުޠު ހަމަވާ ފަރާތްތަކުން 01 މާރިޗު 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ކަލާފާނު ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.
 • މި މަޤާމުތަކަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7  ދުވަހުގެތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ ކަލާފާނު ސްކޫލުގައެވެ.  
 • އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރެވުމަށްފަހު ހޮވޭ 15 ބޭފުޅުންނަށެވެ.

އިތުރު މަޢުލޫމާތު

 • މި ސްކޫލުގެ ފޯނު: 3326607،  ފެކްސް: 3314457
 • ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުންނާއި ސިވިލްސަރވިސްގެ ވެބްސައިޓުން ލިބިވަޑައިގަންނަވަން ހުންނާނެއެވެ.

09 ޖުމާދަލްއޫލާ 1437

18 ފެބުރުވަރީ 2016
ހޯދާ