މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. މިލަންދޫ އިޖުތިމާއީ ސަރަޙައްދުތަކުގެ ތެރެއިން އިތުރުކުރެވުނު އަދި ދޫކޮށްލައިފައިވާ ސަރަޙައްދުތައް ސާފުކުރުން

އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު

 

  1. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ށ. މިލަންދޫ އިޖުތިމާއީ ސަރަޙައްދުތަކުގެ ތެރެއިން އަލަށް އިތުރުކުރެވުނު އަދި ދޫކޮށްލައިފައިވާ ސަރަޙައްދުތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 އޮކްޓޯބަރ 08 ވާ ބުރާސްފަތި ދުވަހު 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް އެދި މި މުއްދަތުގައި ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
  3. ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://forms.milandhoo.gov.mv/f/cqsl4y0r
  4. މިބީލަމާއިގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2026 އޮކްޓޯބަރ 08 ވާ ބުރާސްފަތި ދުވަހު 10:30ގައި މިލަންދޫ ކައުންސިލު އިދާރާގައި އޮންނާނެއެވެ. މިބައްދަލުވުމަށް އަންނަ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް، ސަރަހައްދުތަކުގެ ޗާޓް އަދި އަގު ހުށަހަޅާ ފޯމް މެއިލްކޮށްދެވޭނެއެވެ.

އަންދާސީ ހިސާބު ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2026 އޮކްޓޯބަރ 12 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަންތައް ހުށަހަޅާއިރު، ބީލަން އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު ހެނދުނު 10:00 ގައެވެ.

01 އޮކްޓޫބަރު 2026
ހޯދާ