ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އައި.ސީ.ޓީ އިންކިއުބޭޓަރ ކޯޑިނޭޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމު: އައި.ސީ.ޓީ އިންކިއުބޭޓަރ ކޯޑިނޭޓަރ

ބޭނުންވާ އަދަދު: 01 (އެކެއް)

މުސާރަ: މަހަކު -/10،000 ރުފިޔާ (ދިހަހާސް ރުފިޔާ)

މަސައްކަތުގެ މުއްދަތު: 1 އަހަރު (ކޮންޓްރެކްޓް އުސޫލުން) (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު: ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 މެންދުރުފަހުގެ 02:00 އަށް. (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ވަންދެން މަސައްކަތް ކުރަންވާނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ތަން: އައި.ޓީ އިންކިއުބޭޓަރ/ ޑިވެލޮޕްމަންޓް ސެންޓަރ، ޏ.ފުވައްމުލައް

ފެންވަރު ނުވަތަ ޝަރުތު:

1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް މެނޭޖްމަންޓުގެ ދާއިރާއިން ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ

2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް މެނޭޖްމަންޓުގެ ދާއިރާއިން ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ޚުލާޞާ: އައި.ޓީ އިންކިއުބޭޓަރ / ޑިވެލޮޕްމަންޓް ސެންޓަރު ހިންގުމާއި، އެތަނުގައި ހިންގޭ އެކިއެކި ޓްރޭނިންގ ޕްރޮގްރާމްތައް ރާވައި ހިންގުމަށް ކުރަންޖެހޭ އެންމެހައި އިންތިޒާމު ހަމަޖެއްސުމާއި، އެތަނުގައި މަސައްކަތްކުރާ ފަރާތްތަކުން ތައްޔާރުކުރާ އެކިއެކި ޕްރޮޖެކްޓްތައް ހިންގައި ބެލެހެއްޓުން. އަދި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ހިންގައި ބެލެހެއްޓުން.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާނު ކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތުތަކާއި އޮންނާނެ ތަން: މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާނު ކުރުން ބޭއްވުމަށް ކަނޑައަޅާފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވުމުން 2 ހަފުތާގެ ތެރޭގައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ އަދި އައި.ޓީ އިންކިއުބޭޓަރ/ ޑިވެލޮޕްމަންޓް ސެންޓަރ، ޏ.ފުވައްމުލަކުގައެވެ. އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާނު ކުރުމަށް ކަނޑައަޅާ ދުވަސް މި މުއްދަތުގެ ތެރޭގައި، 1 ދުވަސް ކުރިން ލިޔުމަކުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: 01 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ލިޔުމަކުންނެވެ. ނުވަތަ މިއޮފީހުގެ އީމެއިލަށް ([email protected]) ފޮނުއްވުން އެދެމެވެ

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960) ، ފެކްސް ނަންބަރު: 4004 334 (960)

އީމެއިލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

13 ޖުމާދަލްއޫލާ 1437

22 ފެބުރުވަރީ 2016
ހޯދާ