ދިވެހިރާއްޖެ
މި ކައުންސިލުގެ ނަމުގައި ރަޖިސްޓްރީ އޮންނަ ބިމެއްކަމުގައިވާ ކޮއިމަލާ ހިނގުމުގެ ދެކުނުކޮޅުގައި ހުންނަ ރުމާލު ޖަގަހައާއި ޓޯޔާޑާއި ދެމެދުގައި އޮންނަ ބިމުގައި ހަދާފައިވާ ގުދަން މި ކައުންސިލުގެ ހުއްދައަކާ ނުލާ ބޭނުންކުރަމުން ގެންދާތީ ތަން (ގުދަން) ހުސްކޮށް މި ކައުންސިލާ ޙަވާލުކުރުމަށް ދީފައިވާ "ތަން ހުސްކުރުމުގެ ނޯޓިސް" ނަންބަރު: 425-A1/425/2026/235 (20 އޮގަސްޓް 2026) އަށް ގުދަން ބޭނުންކުރާ ފަރާތުން އިޖާބަދީފައި ނުވާތީ މި ކައުންސިލްގެ ނަންބަރު: 425-A1/425/2026/13 (8 ސެޕްޓެންބަރު 2026) ގެ އިޢުލާނުން ތަން (ގުދަން) ހުސްކޮށް މި ކައުންސިލާއި ޙަވާލުކުރުމަށް އެންގުމުންވެސް އެ އިޢުލާނަށް ވެސް ގުދަން ބޭނުން ކުރާ ފަރާތުން އިޖާބަދީފައެއް ނުވެއެވެ.
ވީމާ، މަތީގައި ބަޔާންކޮށްފައި އެވާ ގުދަނުގައި އެއްވެސް ފަރާތެއްގެ ތަކެއްޗެއް (މުދަލެއް) ހުރިނަމަ 8 އޮކްޓޫބަރ 2026 ވަނަ ދުވަހުގެ 14:00 ނިޔަލަށް މި ކައުންސިލްގެ ކަމާބެހޭ މުވައްޒަފުންގެ ހާޟިރުގައި ތަކެތި ނަންގަވާ ތަންހުސްކުރުމަށް އަންގަމެވެ. މި ތާރީޚްގެ ނިޔަލަށް ތަކެތި ނަންގަވާ ތަން (ގުދަން) ހުސްކޮށްފައި ނުވާނަމަ ގުދަނުގައި ނުގެންގޮސް ހުރި ތަކެއްޗަކީ ބޭނުންނެތިގެން ދޫކޮށްލާފައި ހުރި ތަކެތި ކަމަށް ބަލާ މި ކައުންސިލުން ތަން (ގުދަން) ހުސްކޮށް ސާފުކޮށް އެތަކެތި ކުނީގެ ގޮތުގައި އުކާލުމާއި ބޭނުން ކުރެވޭ ފަދަ ތަކެތި ހުރި ނަމަ އެފަދަ ތަކެތި ނީލަމުގައި ވިއްކާލެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
