ދިވެހިރާއްޖެ
އިޢުލާން
ގުޅިފަޅުން ބިން ކުއްޔަށް ދޫކުރުމާބެހޭ
މި ކުންފުނީގެ ދަށުން ހިންގާ ގުޅިފަޅުގެ ބިން ޞިނާޢީ ބޭނުންތަކަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ. ޞިނާޢީ ބޭނުންތަކަށް ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަންވީގޮތާއި އެހެނިހެން މަޢުލޫމާތު 2016 މާރިޗު 03 ވާ ބުރާސްފަތި ދުވަހުން ފެށިގެން މި އޮފީހުން ލިބެން ހުންނާނެއެވެ.
ބިން ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 02 ގެ ކުރިން ( ރަސްމީ ގަޑީގައި) މި ކުންފުންޏަށް ޕްރޮޕޯޒަލް ހުޅަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރު އަދި "ގުޅިފަޅުން ބިން ކުއްޔަށް ހޯދުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ 2:00 ގެ ފަހުން ގެންނަ ފްރޮޕޯޒަލްތައް ބަލައިނުގަނެވޭނެވެ. އަދި މަޢުލޫމާތު ފުރިހަމަ ނުވާ ޕްރޮޕޯޒަލްތައް ބާޠިލު ކުރެވޭނެއެވެ.
މަޢުލޫމާތު އަދި ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ތިރީގައިވާ މިއޮފީހުގެ އެޑްރެހަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3016630 އަށެވެ. (އޮފީސް ހުޅުވިފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހަކު 08:00 އިން 16:00 އަށެވެ.)
ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް
ދެވަނަ ފަންގިފިލާ ، ހ.އާގަދަގެ
ބޮޑުތަކުރުފާނު މަގު،
މާލެ.