މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ޔައުމިއްޔާއަށް އިޞްލާޙު ހުށަހެޅުއްވުމުގެ ފުރުޞަތު

ދެންނެވުމެއް

2015 މޭ 31 ވަނަ ދުވަހުގެ ރޭ 21:00 ގައި ހޮޓަލް ޖެންގެ ބޯލް ރޫމުގައި ބޭއްވި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އެމްޓީސީސީ ހެޑް އޮފީހުގެ ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓުންނާއި އެމްޓީސީސީގެ ވެބްސައިޓް www.mtcc.com.mv އިން މިހާރު ލިބެން ހުންނާނެ ވާހަކަ އެންމެހައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ޔައުމިއްޔާއަށް އިޞްލާޙު ހުށަހެޅުއްވުމުގެ ފުރުޞަތު މިއަދުން ފެށިގެން 2016 މާރިޗު 23 ވާ ބުދަ ދުވަހުގެ 16:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އިޞްލާޙު ހުށަހަޅުއްވަން ބޭނުންފުޅުވާ ހިއްސާދާރުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ ހެޑް އޮފީހުގެ 7 ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މި ކުންފުނީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.

 

22 ފެބުރުވަރީ 2016
ހޯދާ