ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަގާމު: |
ކޮމްޕިއުޓަރ ޓެކްނީޝަން |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ކަލާފާނު ސްކޫލް |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މަގާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
|
މަޤާމުގެ ރޭންކް: |
އެމް. އެސް. 2 |
|
މުސާރަ: |
މަހަކު -/6295 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
މަހަކު -/2000 ރުފިޔާ |
|
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލުތަކުގެދަށުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. | |
މަގާމުގެ ޝަރުޠު: |
1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 4 މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
1. ކޮމްޕިއުޓަރ ސިސްޓަމާއި، ޕްރިންޓަރާއި، ޕްރޮޖެކްޓަރާއި، ސައުންޑް ސިސްޓަމް ފަދަ ތަކެތީގެ ސްޓޭޓަސް ބެލުމާއި، މެއިންޓެއިންކުރުން. 2. ކޮމްޕިއުޓަރުތަކާއި، ކޮމްޕިއުޓަރ ނެޓްވާރކް ބެލެހެއްޓުމާއި، ނެޓްވާރކް އެޅުން. 3. ސާރވަރ ބެލެހެއްޓުމާއި، މެއިންޓެއިންކުރުން. 4. އެޓެންޑެންސް މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުމާއި، މެއިންޓެއިން ކުރުން. 5. ފޯނު ލައިންތަކުގައި އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ، އެކަންކަން ޙައްލުކޮށް ބެލެހެއްޓުން. 6. ސައުންޑް ސިސްޓަމާއި، ބެލްސިސްޓަމް މެއިންޓެއިންކޮށް ބެލެހެއްޓުން. 7. ކްލާސްތަކުގައި ބަހައްޓާފައިވާ ސްމާޓް ބޯޑުތަކާއި، ސިސްޓަމް މެއިންޓެއިންކޮށް ބެލެހެއްޓުން. 8. ސްކޫލުން ބޭނުންވެއްޖެ ހިނދެއްގައި، ކޮމްޕިއުޓަރާއި ޕްރިންޓަރާއި އެފަދަ ތަކެތީގެ ސްޕެސިފިކޭޝަން ތައްޔާރުކުރުން. 9. މުވައްޒަފުންނަށް ބޭނުންވާ ޔޫޒަރ އެކައުންޓާއި، އީމެއިލް ކްރިއޭޓްކުރުން. |
|
މި ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް: |
|
|
ހުށަހަޅަންޖެހޭ ތަކެތި: |
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބޭނެއެވެ.) 2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
|
ސުންގަޑި: |
- މި މަގާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 މާރިޗު 1 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ކަލާފާނު ސްކޫލަށް ހުށަހެޅުން އެދެމެވެ. - މި މަޤާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ ކަލާފާނު ސްކޫލުގައެވެ. - އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާފަރާތްތައް ޝޯޓްލިސްޓް ކުރެވުމަށްފަހު، ހޮވޭ 15 ފަރާތަށެވެ. |
|
އިތުރު މަޢުލޫމާތު: |
|
|
9 ޖުމާދަލްއޫލާ 1437 |