ހިރިޔާ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހިރިޔާ ސްކޫލުންދޭ މަޢުލުމާތާ އެއްގޮތަށް، އަމިއްލަ ޚަރަދުގައި ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައި ވިއްކާނެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން.
ހިރިޔާ ސްކޫލުންދޭ މަޢުލުމާތާ އެއްގޮތަށް، އަމިއްލަ ޚަރަދުގައި ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައި ވިއްކާނެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މިމައްސަކަތް ޙަވާލު ކުރުމަށް ހަމަޖެހިފައިވަނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 02 ( ދޭއް) ފަރާތަކާއެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރެއްވުމަށް، 2026 އޮކްޓޫބަރ 05 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން މި އިއުލާންއާ އެޓޭޗް ކޮށްފައިވާ "ބިޑްރަޖިސްޓްރޭޝަން" ފޯމް ފުރުއްވުމަށް ފަހު ތިރީގައިވާ މެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ރަޖިސްޓްރޭޝަން ފޯމް އީމެއިލް ކުރައްވާނީ : [email protected]
- މިމަސައްކަތާ ބެހޭ އިތުރު މަޢުލޫމާތު، ބީލަން ހުށަހަޅާ ފޯމުތަށް މި އިޢުލާން އާ އެޓެޗް ކޮށްފައިވާ ބީލަން ފޮތުގައި ހިމަނާފައި ވާނެއެވެ.
- މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 2026 އޮކްޓޫބަރ 06 ވާ އަންގާރަ ދުވަހުގެ ހެނދުނު 14.00 ގައި ހިރިޔާ ސްކޫލްގައެވެ.
- މިމަސައްކަތާ ބެހޭ އެއްވެސް ސުވާލެއް ވާނަމަ 2026 އޮކްޓޫބަރ 06 ވާ އަންގާރަ ދުވަހުގެ ގެ 17:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.
ސުވާލު އީމެއިލް ކުރައްވާނީ: [email protected]
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޮކްޓޫބަރ 15 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 14.00 ގައި ހިރިޔާ ސްކޫލުގައެވެ.
- ބީލަމާއެކު ފަހާފައިވާ 01 އެކްޓިވިޓީ ޔުނިފޯމް( ޓީޝާ، ސޯޓް އަދި ސްކާރޓް) ގެ ސާމްޕަލް ހުށަހަޅުއްވަން ޖެހޭނެއެވެ. ސާމްޕަލް ހުށަނާޅުއްވާ ފަރާތްތަކުގެ ބީލަން ބާތިލް ކުރެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.
30 ސެޕްޓެންބަރު 2026
ހޯދާ
