މަޤާމު:
|
ކައުންސިލަރ
|
ބޭނުންވާ އަދަދު:
|
1 ( އެކެއް )
|
ކުލެސިފިކޭޝަން / ރޭންކް:
|
ޓެކްނިކަލް އޮފިސަރ ގރ. 2 / MS1
|
ސެކްޝަން:
|
އެޑްމިން
|
:މުސާރައާއި އެލަވަންސް
|
މުސާރަ -/5610 ރުފިޔާ / ސާރވިސް އެލަވަންސް: -/2500 ރުފިޔާ
|
އެހެނިހެން ޢިނާޔަތްތައް:
|
ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
މަޤާމު އޮތް އޮފީސް:
|
ޖަލާލުއްދީން ސްކޫލް / ހދ ކުޅުދުއްފުށި
|
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:
|
ޖަލާލުއްދީން ސްކޫލް / ހދ ކުޅުދުއްފުށި
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:
- ކައުންސެލިންގ ޕްރޮގްރާމުތައް ރޭވުމާއި، އެ ޕްރޮގްރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑުތަކެއް ބެލެހެއްޓުން.
- ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާއި، ކައުންސެލިންގެ ފޮލޯއަޕް ހެދުން.
- ދަރިވަރުންގެ ނަފްސާނީ، ޖިސްމާނީ، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުންނަށް ހުށަހަޅާ ކަންތައް ބަލައި، އެކަންކަމުގައި އެފަދަ ކުދިންނާއި، ޓީޗަރުންނަށް އެހީތެރިކަންދިނުން.
- މުޖުތަޢުގައި ހުންނަ ބައެއް މައްސަލަތަކާ ގުޅޭގޮތުން ދަރިވަރުންނަށް ސެޝަންތައް ނެގުން.
- ދަރިވަރުންގެ އަޚުލާޤު ރަނގަޅުކުރުމަށްޓަކައި ދަރިވަރުންނާއި، ބެލެނިވެރިންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
- ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ކަންތައްތަކުގައި އެހީތެރިވުމާއި، އެފަދަ މައްސަލަތައް ހުންނަ ދަރިވަރުންގެ މަޢުލޫމާތު ކަމާބެހޭ ޓީޗަރުންނާ ހިއްސާކޮށް، އެފަދަ ދަރިވަރުން މުޖުތަޢަށް ފައިދާހުރި ބަޔަކަށް ހެދުމަށް މަސައްކަތްކުރުން.
- ކުލާސްތަކުގެ ދަރިވަރުންނަށް ލައިފްސްކިލްސް ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން.
- ސްކޫލުގެ ހުރިހާ ދަރިވަރުންނަކީ ނަފުސާނީ ދުޅަހެޔޮ ކުދީންނަށް ހެދުމަށް އެކަށޭނަ ޕްރޮގްރާމްތައް ރާވައިގެން ހިންގުން.
- މީގެ އިތުރުން، ސްކޫލްގެ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްކުރުން.
|
ޝަރުތު:
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެއޮނިގަނޑުގެ ލެވެލް 4 ގެސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނުގެ މިންވަރު.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ މިންވަރު.
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.
|
އިންޓަރވިއު ކުރަންކަނޑައެޅިފައިވާ މުއްދަތު އަދި ތަން:
- މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2016 ފެބުރުވަރީ 29 އާއި 2016 މާރިޗު 6 އާ ދެމެދު ޖަލާލުއްދީން ސްކޫލްގައެވެ.
- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ނަންބަރާއެކު)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ).
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
|
ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޖަލާލުއްދީން ސްކޫލް އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 25 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިންނެވެ.
|
ނޯޓް:
- މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސަވައިދެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ޖަލާލުއްދީން ސްކޫގެ އޮފީހުގެ ނަންބަރު 6528815 ފޯނަށް ގުޅުއްވުން އެދެމެވެ.
|